2
ބުއްދިއާއި އަޚުލާގު
ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ. ވިސްނުންތެރިކަން އަންގައިދޭ ބަސްތަކަށް ކަންދީ ސަމާލުވެ އަޑުއަހަމުން ގެންދާށެވެ. އާނއެކެވެ! އިލްމަށް ސަލާންޖަހާށެވެ. ހިލްމަށް އެދި އާދޭސް ކުރާށެވެ. ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ. އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ. އޭރުން މާތްﷲގެ އިލްމުން އިލްމު ދަސްވާނެއެވެ. * މި ފޮތްކޮޅުގެ ތަރުޖަމާގައި މާތްރަސްކަލާނގެއޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ ޔަހޫވޭ އެވެ. ޔަހޫވޭ މިނަންފުޅަކީ މޫސާގެފާނަށް އެކަލާނގެ އެންގެވި ނަންފުޅެކެވެ. (އަޅުވެތިކަމުން މިނިވަންވުން، މިފޮތުގެ 3‏:14 ބައްލަވާ.) ޔަހޫވޭ އޭ އިސްރާއީލީން މުޚާތަބު ކުރަނީ މާތްރަސްކަލާނގެއާ ގާތް ގުޅުމެއް ހާމަ ކުރެވޭ ތަންތަނުގައެވެ. ﷲ އޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ އެލޯހީމް އެވެ. އެލޯހީމްގެ މާނައަކީ އިލާހު އެވެ. ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ. ހަމަވިސްނުމާއި އިލްމު ލިބެނީވެސް އެފަރާތްޕުޅުންނެވެ. ސާލިހު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ. އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އަދި އެކަލާނގެއަށް ވަފާތެރިކަންމަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ.
އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެއެވެ. 10 އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ. 11 ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.
12 އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ. 13 އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުންދާ މީހުންނެވެ. 14 އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ. އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ. 15 އެމީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ. އެމީހުން ކަންތައް ކުރާނީ ހިތަށް އެރިހާ ނުބައި ގޮތަކަށެވެ.
16 ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ. 17 އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްﷲ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ. 18 އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ. 19 އޭނާއަށް ޒިޔާރަތް ކޮށްފި މީހާ ގެއްލި ހަލާކުވީއެވެ. އޭނާއަކަށް ދިރިހުރުމެއް އަނބުރާ ނާތުލެވޭނެއެވެ.
20 ވީމާ ރަނގަޅު ސާލިހުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ. 21 އެހެނީ ސާލިހު ތެދުވެރިން ވާނީ އަހަރެމެންނާއެކު މި ބިމުގައެވެ. އެމީހުންނަކީ އިތުބާރު ކުރެވޭ ބައެކެވެ. 22 ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ. މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.

*2‏:5 މި ފޮތްކޮޅުގެ ތަރުޖަމާގައި މާތްރަސްކަލާނގެއޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ ޔަހޫވޭ އެވެ. ޔަހޫވޭ މިނަންފުޅަކީ މޫސާގެފާނަށް އެކަލާނގެ އެންގެވި ނަންފުޅެކެވެ. (އަޅުވެތިކަމުން މިނިވަންވުން، މިފޮތުގެ 3‏:14 ބައްލަވާ.) ޔަހޫވޭ އޭ އިސްރާއީލީން މުޚާތަބު ކުރަނީ މާތްރަސްކަލާނގެއާ ގާތް ގުޅުމެއް ހާމަ ކުރެވޭ ތަންތަނުގައެވެ. ﷲ އޭ ލިޔެވިފައިވާ ތަންތަނުގައި ޢިބްރާނީ ބަހުން އޮންނަނީ އެލޯހީމް އެވެ. އެލޯހީމްގެ މާނައަކީ އިލާހު އެވެ.