2
އީސާގެފާނު ދުނިޔެއަށް ވަޑައިގަތުން
1‏-3 ‏ ޔަޙުޔާގެފާނުގެ ޔަޙުޔާގެފާނު: ޔަޙުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ. އުމުރުފުޅުން ގާތްގަނޑަކަށް ހަމަހުގައި އޭރު ރޯމު ކަރައިގެ ރަސްކަލަކަށް ހުންނެވި ކައިސަރު އައުގުސްތު ކައިސަރު އައުގުސްތު: މިއީ ރޯމުގެ ރަސްރަސްކަލުންގެ ތެރެއިން ހިމެނުނު އެންމެ މުހިންމު ރަސްގެފާނެވެ. އޭނާގެ ރަސްކަން މެދުތެރޭ ކަނޑު (މެޑިޓެރޭނިއަން ސީ) ގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައިވިއެވެ. އީސާގެފާނު މިދުނިޔޭގައި އުޅުއްވި އިރު މުޅި ފަލަސްތީނުގެ ސަރަހައްދު ވެސް ވީ ރޯމުގެ ސަރުކާރުގެ އަތްދަށުގައެވެ. ރޯމުގެ ސަރުކާރުން ހިފައިފައިވާ ހުރިހާ ޤައުމެއްގެ ވެސް އެންމެ މުހިންމު ރަށްރަށުގައާއި އަދި ހިސާބުތަކުގައި ރޯމުގެ ސިފައިންގެ މަރުކަޒުތައް ހަދާފައިވިއެވެ.އަމުރުފުޅެއް ނެރުއްވިއެވެ. އެ އަމުރުފުޅަކީ ރޯމުގެ ދައުލަތުގައި ހިމެނޭ ހުރިހާ ޤައުމެއްގެ އެންމެން އެމީހެއްގެ ކާބަފައިންގެ ރަށަށް ގޮސް ސަރުކާރުގެ ބޯހިމެނުމުގައި ނަން ނޯޓު ކުރުމަށެވެ. ފުރަތަމަ ފަހަރަށް މިބޯހިމެނުން ހިމެނުނީ ސޫރިޔާގެ ގަވަރުނަރަކަށް ކިރީނިޔުސް ހުންނެވި ދުވަސްވަރުއެވެ.
އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބައިތުލަޙަމަށް ބައިތުލަޙަމް: މިއީ ޔަހޫދިއްޔާ ކަރައިގެ ޖެރޫސަލަމް އާއި ކައިރީގައިވާ ކުޑަ ރަށެކެވެ. މިރަށް މަޟްހޫރުވެފައި ވަނީ ދާއޫދުގެފާނު އުފަންވި ރަށް ކަމުގައެވެ. ވަރަށް ކުރީ ޒަމާނުއްސުރެން، ނަބީބޭކަލަކު މެދުވެރި ކުރައްވައި، މީސްތަކުން ދިންނެވުމަށް އެކަލާނގެ ފޮނުއްވާ މަސީޙާ މިރަށުގައި ރައްކައު ވާނެ ކަމުގެ ޚަބަރު ދެއްވާފައި ވެ އެވެ. މިއީ އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ރަށެވެ. ދިޔައެވެ. ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ. ދަރިކޮޅުގެ މީހަކަށް ވާތީއެވެ. މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ. އޭނާ އެރަށަށް ދިޔައީ އޭނާއާއި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މަރިޔަމްގެފާނާއި އެކުގައެވެ. މަރިޔަމްގެފާނު އޭރު އިންނެވީ އާލާސްވެއެވެ. އެކަނބުލޭގެފާނާއި ޔޫސުފު ބައިތުލަޙަމުގައި ވަނިކޮށް ރައްކާވުމުގެ ވޭންފުޅުތައް އެކަމަނާއަށް އިހުސާސް ކުރެއްވެން ފެއްޓެވިއެވެ. އެމީހުންނަށް އެރަށުގެ މެހްމާނު ގެއިން ޖާގައެއް ނުލިބުމުން ޔޫސުފު މަރިޔަމްގެފާނު ގޮވައިގެން ދިޔައީ ގެރިބަކަރި ތަކަށްޓަކައި ހަދާފައިވާ ހަރުގެއަކަށެވެ. އެތާނގައި މަރިޔަމްގެފާނު އެކަމަނާގެ އަލަތު ދަރިކަލުންނާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެކަމަނާ އެތުއްޕުޅު ކަލޭގެފާނުގެ ގައިކޮޅު ފޮތިކޮޅަކުން ނިވާކޮށްލައްވާ ގެރިބަކަރިއަށް ކާންދޭ ހުއި އަޅާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭއްވެވިއެވެ.
ހުއިހައްޕާ މީހުންގެ ބަޔަކު
ހުއިހައްޕާ މީހުންގެ ބަޔަކު އެރޭ އެތާގެ ކައިރީގައި ވާ ބިމެއްގައި އެބައިމީހުންގެ ކަންބަޅިތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު މަލާއިކަތުން: މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުންނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން އިންސާނުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަ އެވެ. އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ. އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ. އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ. 10 މި މަލާއިކަތާ ވިދާޅުވިއެވެ. ”ބިރުނުގަނޭ. އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން. އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން. 11 ދާއޫދުގެފާނު ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ. އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ. ކަމުގައިވާ މާތްސާހިބާ. 12 ގެރިބަކަރި އެއްޗިއްސަށް ކާންދޭ ހުއި އަޅާ ފޮއްޓެއްގެ ތެރޭ ފޮތިކޮޅަކުން ނިވާ ކުރެވިފައިވާ ކުޑަފިރިހެން ކުއްޖަކު ތިޔަބައިމީހުންނަށް ފެންނާނެ. އެކަލޭގެފާނު ތިޔަބައިމީހުންނަށް ފާހަގަވާނެ ހެއްކަކީ އެއީ.“
13 އެހިނދު އިތުރު އެތައް ބައިވަރު މަލާއިކަތުންނެއް އެބައިމީހުންގެ ކުރިމައްޗަށް ފާޅުވިއެވެ. ދެން އެމަލާއިކަތުން މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދު ކޮށް ސަނާ ކިޔެވެ.
14 ”މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!“
15 މި މަލާއިކަތުން އުޑަށް އެނބުރި ވަޑައިގެން ހިނދު މިހުއިހައްޕާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”ބައިތުލަޙަމުގައި ބައިތުލަޙަމް: މިއީ ޔަހޫދިއްޔާ ކަރައިގެ ޖެރޫސަލަމް އާއި ކައިރީގައިވާ ކުޑަ ރަށެކެވެ. މިރަށް މަޟްހޫރުވެފައި ވަނީ ދާއޫދުގެފާނު އުފަންވި ރަށް ކަމުގައެވެ. ވަރަށް ކުރީ ޒަމާނުއްސުރެން، ނަބީބޭކަލަކު މެދުވެރި ކުރައްވައި، މީސްތަކުން ދިންނެވުމަށް އެކަލާނގެ ފޮނުއްވާ މަސީޙާ މިރަށުގައި ރައްކައު ވާނެ ކަމުގެ ޚަބަރު ދެއްވާފައި ވެ އެވެ. މިއީ އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ރަށެވެ. ހިނގައިދިޔަ ކަންތައްތައް މަތިވެރި މާތްރަސްކަލާނގެ އަހަރެމެންނަށް ފާޅު ކުރައްވައިފި. ވީމާ މިކަންތައްތައް ހޯދާ ބެލުމަށް އެރަށަށް ދަމާ ހިނގާ.“
16 މިބައިމީހުން އަވަސް އަވަހަށް އެރަށަށް ގޮސް މަރިޔަމްގެފާނާއި ޔޫސުފު ހޯދިއެވެ. އަދި އެ ތުއްޕުޅު ކަލޭގެފާނު ގެރި ބަކަރިއަށް ކާންދޭ ހުއިއަޅާފައިވާ ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނެވެ. 17 އެބައިމީހުންނަށް އީސާގެފާނު ފެނުމުން މަލާއިކަތުން މިތުއްޕުޅު ކަލޭގެފާނާއި މެދު ދެއްވި ޚަބަރުތަކުގެ ވާހަކަ މީސްތަކުންނަށް ކިޔާދިނެވެ. 18 މި ވާހަކައިގެ އަޑުއެހި ކޮންމެމީހަކު މިކަމާމެދު ވަރަށް ބޮޑަށް ހައިރާންވެ އަޖައިބު ވިއެވެ. 19 ނަމަވެސް މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ. 20 މި ހުއިހައްޕާ މީހުން އެމީހުންނަށް މިފެނުނު ކަންތަކާއި އަދި މަލާއިކަތުން ވިދާޅުވިގޮތުގެ މަތިން ހުރިހާ ކަމެއް ވީތަން ދެކެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން އެބައިމީހުންގެ މަސައްކަތަށް އެނބުރި ހިނގައްޖެއެވެ.
މާތްރަސްކަލާނގެ ކިބަފުޅަށް ރައްދުކުރުމަށްޓަކައި އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވުން
21 މޫސާގެފާނު މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ. މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައި ވަނީ ކޮންމެ ފިރިހެން ކުއްޖަކުވެސް ދުނިޔެއަށް އަންނަތާ އަށްވަނައަށް ވާދުވަހު ޚިތާނު ކުރުމަށެވެ. އެގޮތުން އީސާގެފާނު ދުނިޔެއަށް ވަޑައިގަތްތާ އަށްވަނަ ދުވަހު އެކަލޭގެފާނު ވެސް ޚިތާނު ކުރެއްވުނެވެ. އެދުވަހު އެކަލޭގެފާނަށް ނަންވެސް ދެއްވުނެވެ. އެކަލޭގެފާނަށް ދެއްވުނު ނަންފުޅަކީ އެކަލޭގެފާނު އުފަންވުމުގެ ކުރިން ޖިބުރީލުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދެއްވާފައިވާ ނަންފުޅު ކަމުގައި ވީ އީސާ މިނަންފުޅެވެ.
22‏-24 ‏ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ތައުރާތުގައި ތައުރާތު: ތައުރާތަކީ މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށް މީސްތަކުންނަށް އެންގެވި ޤާނޫނާއި ޤަވައިދުތައް ލިޔެވި ބަޔާންވެގެންވާ ފޮތްކޮޅެވެ. އެފޮތްކޮޅުގެ މައިގަނޑަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ދެއްވި އެންމެ މުހިންމު ދިހަ އަމުރުފުޅެވެ. އެފޮތުގައި ލިޔެވިގެންވާޤަވައިދުތަކާއި ޤާނޫނަކީ މުޅި ދުނިޔެ ނެތިގެން ދިޔަޔަސް އޭގެން ފިއްޔަކަށް ނުކުތާއަކަށް ވެސް ބަދަލެއް ނާންނާނޭ ޤަވައިދާއި ޤާނޫނެކެވެ. އެއީ ތައުރާތުގައި ވާ އެންމެ ހައި ބަސްފުޅުތަކަކީ މާތްރަސްކަލާނގެ ބަސްފުޅުތަކެވެ. އަންގަވާފައި ވަނީ ވިހެއުމުގެ ކަންތަކުން ނިމިގެން ކޮންމެ އަންހެނަކުވެސް ހިނާ ތާހިރުވުމުގެ ގޮތުން ހުދު ކޮތަރުގެ ޅަ ދެ ކޮތަރު އެކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާން ކުރުމަށެވެ ޤުރުބާން ކުރުން: މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކުރައްވާ ބަނީއިސްރާއީލުގެ މީހުންނާއި އެކު އިޤްރާރެއް ކުރެއްވިއެވެ. މިއިޤްރާރުގައި ހިމެނޭ އެއްގަވައިދަކީ ބަނީއިސްރާއީލުގެ މީހުން ކުރަންޖެހޭ ޤުރުބާންތަކެކެވެ. މިޤުރުބާންތައް ކުރުމުގެ ތިން މަޤްސަދެއްވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އިޙުތިރާމް އަދާކޮށް އެކަލާނގެ ދެއްވި ރަޙުމަތްތަކުގެ މައްޗަށް ޝުކުރުކުރުމެވެ. ދެވަނަ ކަމަކީ ކުރެވިފައިވާ ފާފަތަކަށް ތައުބާވެ އެކަންތައް ތަކަށް އެކަލާނގެ ކިބަފުޅުން މަޢާފުލިބިގަތުމެވެ. އަދި ތިންވަނަކަމަކީ ތިމާގެ ފާފަތަކުގެ ސަބަބުން ތިމާއަކީ މާތްރަސްކަލާނގެ ކިބަފުޅުގައި ނުތާހިރު މީހަކަށް ވެއެވެ. ނަމަވެސް އެމީހުން ކުރާ ޤުރުބާނުގެ ސަބަބުން އެކަލާނގެ ކިބަފުޅުގައި އެމީހަކީ ތާހިރުމީހަކު ކަމުގައިވެއެވެ. އެއީ އެމީހާގެ ފުރާނާއިގެ ބަދަލުގައި ޤުރުބާން ކުރެވޭ ޖަނަވާރުގެ ސަބަބުންނެވެ.. ޔޫސުފު އާއި މަރިޔަމްގެފާނު ވެސް މިކަންތައްތައް ކުރުމަށް ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވިއެވެ. މިދަތުރުގައި އެމީހުންނާއި އެކު އީސާގެފާނު ވެސް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އަންގަވާފައި ވަނީ ކޮންމެ މީހެއްގެ ވެސް ފުރަތަމަ ފިރިހެން ދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ރައްދުކުރުމަށްޓަކައި ބައިތުލް މަޤްދިސްއަށް ގެންދިޔުމަށެވެ.
25 އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި ޖެރޫސަލަމް: ޖެރޫސަލަމް އަކީ ބަނީއިސްރާއީލުގެ އެންމެ މުހިންމު ރަށެވެ. އެއީ ބަނީއިސްރާއީލުގެ މީހުން އަޅުކަން ކުރުމުގެ އެންމެ ޚާއްސަ އަދި އެންމެ މާތް ތަންކަމުގައިވާ ބައިތުލް މަޤްދިސް ބިނާ ކުރެވިފައިވާ ރަށް ވެސް މެއެވެ. ކޮންމެ އަހަރަކު ވަށައިގެންވާ ޤައުމުތަކުން ބަނީއިސްރާއީލުގެ މީހުން އެބައިމީހުންގެ ޚާއްސަ ދީނީ ޢީދުތަކުގެ މުނާސަބަތުތައް ފާހަގަ ކުރުމަށްޓަކާ އަހަރަކު ތިންފަހަރު ޖެރޫސަލަމަށް އައިސް އުޅުނެވެ. އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. އެހީފުޅު އޭނާއާއި އެކުގައިވިއެވެ. 26 މާތްރޫޙުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީޙު އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ. ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ. 27 މާތްރޫޙުފުޅު އޭނާއަށް އެންގެވުމުން އޭނާ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރެއަށް ދިޔައެވެ. އެވަގުތަކީ އީސާގެފާނުގެ މައިންބަފައިން މާތްރަސްކަލާނގެ ކުރައްވާފައިވާ އަމުރުފުޅުތަކާއި އެއްގޮތަށް ކަންތައްތައް ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވި ވަގުތެވެ. 28 ސިމިޔާނު ގޮސް މަރިޔަމްގެފާނުގެ އަތްޕުޅުގައި ވީ އީސާގެފާނު އުރާލެއްވިއެވެ. އަދި މިފަދައިން ކިޔާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ.
29 ”މާތްރަސްކަލާކޯ! އިނބަރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން މިއަޅާއަށް މިހާރު ސަލާމަތްކަމާއި ހިތްހަމަޖެހުމާއި އެކު މި ދުނިޔެ ދޫކޮށް ދެވިދާނެ.
30 މިއަދު މިއަޅާގެ ލޮލަށް އިނބަރަސްކަލާނގެ ދެއްވާ ދިންނެވުމުގެ މަގު ދައްކަވައިފި.
31 އެމަގަކީ އިނބަރަސްކަލާނގެ އެންމެހައި ޤައުމުތަކުގެ މީސްތަކުންނަށް ހާމަކުރައްވާ ދެއްވާނެ ދިންނެވުމުގެ މަގު.
32 އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީޙު އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ. މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން ހާމަ ކުރައްވާނެ. އަލްމަސީޙުގެ ސަބަބުން ބަނީއިސްރާއީލު މީހުންނަށް އިނބަރަސްކަލާނގެ މަތިވެރިކަން ފެންނާނެ.“
33 މަރިޔަމްގެފާނާއި ޔޫސުފު އީސާގެފާނާއި މެދު ބުނެވިމިދިޔަ ބަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ހައިރާންވިއެވެ. 34 ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ. 35 އަދި އެގޮތުން އެމީހުންގެ ހިތުގެ އަޑީގެ ސިއްރުތައް ފާޅުވާނެ. އަދި މިދަރިފުޅާއި މެދު ކަންތައްތައް ވާ ގޮތުގެ ސަބަބުން ކަމަނާގެ އަމިއްލަ ހިތަށް ވެސް ތޫނު ކަނޑިއެއް ހެރިގެން ދާނެ ފަދަ ހިތާމައެއް ލިބޭނެ.“
36 މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ވަޙީބަސްފުޅަކައިގެން ވީ ބޭކަނބަލަކު އެތާނގައި ވިއެވެ. އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ. މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް 37 އޭނާގެ ފިރިމީހާ މަރުވިއެވެ. މިހާރު އޭނާގެ އުމުރަކީ އަށްޑިހަ ހަތަރު އަހަރެވެ. އޭނާގެ ފިރިމީހާ މަރުވީއްސުރެ ހުވަފަތް އަންހެނެއްގެ ގޮތުގައި އޭނާ ހުއްޓެވެ. އޭނާ ރެއާއި ދުވާލު ހޭދަކުރަނީ ބައިތުލް މަޤްދިސްގައި ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ. ދުޢާކޮށް ރޯދަހިފާ އަޅުކަން ކުރުން މަތީގައެވެ. 38 އެވަގުތު މީނާ ވެސް އެމީހުންގެ ކައިރިއަށް އައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރިއެވެ. އަދި ބަނީއިސްރާއީލު މިނިވަންވާނެ ދުވަހަކަށް އޭނާއާއި އެއްފަދައިން އިންތިޒާރުކޮށްގެން ތިބި އެހެން އެންމެންގެ ކައިރީ މިދަރިފުޅަކީ އެމީހުން ދިންނަވާ ސަލާމަތްކުރައްވާނެ ފަރާތްކަމަށް ބުންޏެވެ.
39 މޫސާގެފާނު މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ. މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައިވާ ފަދައިން މަރިޔަމްގެފާނާއި ޔޫސުފު ބައިތުލް މަޤްދިސްގައި ކުރަންޖެހޭ ހުރިހާ ކަމަކުން ނިމިގެން އެމީހުންގެ އަމިއްލަ ރަށް ކަމުގައިވާ ގަލީލީ ގެ ނާޒަރަތަށް އެނބުރި ދިޔައެވެ. 40 އެރަށުގައި އީސާގެފާނު ފުރިހަމަ ސިއްޙަތާއި އެކު ބޮޑުފުޅުވަމުން ދިޔައެވެ. އެކަލޭގެފާނީ ބުއްދިވެރި ޙިކުމަތްތެރި ހިތްހެޔޮ ކުއްޖަކު ކަމުގައި ވިއެވެ. އަދި މާތްރަސްކަލާނގެ ރުހުންފުޅާއި ރަޙުމަތް އެކަލޭގެފާނަށް ލިބިވޮޑިގެން ވިއެވެ.
ތުއްޕުޅު އީސާގެފާނާއި ދީނުގެ ދަންނަބޭކަލުން
41 ކޮންމެ އަހަރަކު އީސާގެފާނުގެ މައިބަފައިކަލުން ފަހަނަޅައި ދިއުމުގެ ޢީދުގައި ފަހަނަޅައި ދިއުމުގެ ޢީދު: މިއީ ބަނީއިސްރާއީލުގެ މީހުން މިޞްރުގައި ވެފައިވާ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބާ ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ބަކަރި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޯރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ބަކަރި ކަތިލެވޭ ސަބަބަކީ އެމީހުން މިޞްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިޞްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިޞްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިބަކަރި އެއް ޤުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާން ކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިޞްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ. ބައިވެރި ވުމަށްޓަކައި ޖެރޫސަލަމަށް ޖެރޫސަލަމް: ޖެރޫސަލަމް އަކީ ބަނީއިސްރާއީލުގެ އެންމެ މުހިންމު ރަށެވެ. އެއީ ބަނީއިސްރާއީލުގެ މީހުން އަޅުކަން ކުރުމުގެ އެންމެ ޚާއްސަ އަދި އެންމެ މާތް ތަންކަމުގައިވާ ބައިތުލް މަޤްދިސް ބިނާ ކުރެވިފައިވާ ރަށް ވެސް މެއެވެ. ކޮންމެ އަހަރަކު ވަށައިގެންވާ ޤައުމުތަކުން ބަނީއިސްރާއީލުގެ މީހުން އެބައިމީހުންގެ ޚާއްސަ ދީނީ ޢީދުތަކުގެ މުނާސަބަތުތައް ފާހަގަ ކުރުމަށްޓަކާ އަހަރަކު ތިންފަހަރު ޖެރޫސަލަމަށް އައިސް އުޅުނެވެ. ވަޑައިގެން އުޅުނެވެ. 42 އީސާގެފާނުގެ އުމުރުފުޅުން ބާރަ އަހަރުފުޅު ފުރިހަމަ ވުމުން ޖެހިގެން އައި އަހަރު އެދެކަނބަލުންނާއިއެކު އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގަތެވެ. 43 ޢީދުގެ ކަންތައްތަކުން ނިމިގެން އެދެކަނބަލުން އެނބުރި ރަށަށް ވަޑައިގަތުމަށްޓަކާ ދަތުރުފެއްޓެވިއެވެ. ނަމަވެސް އީސާގެފާނު އެނބުރި ނައިސް ޖެރޫސަލަމުގައި ހުންނެވި ކަމެއް އެދެކަނބަލުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. 44 އެމީހުން ހީކުރީ އެކަލޭގެފާނު ވަނީ ދަތުރުކުރާ މީހުންގެ ތެރެއިން ކޮންމެވެސް އެއްބައިގަނޑަކާއި އެކު ރަށަށް ދިއުމުގެ މަގުމަތީގައި ކަމުގައެވެ. ނަމަވެސް ދަތުރު ކުރާތާ އެއްދުވަސް ވީއިރު ވެސް އީސާގެފާނު ނުފެނުމާއި އެކު އެދަތުރު މަތީގައި ވާ އެބައިމީހުންގެ ތިމާގެ މީހުންނާއި ރައްޓެހިންގެ ތެރޭ އެކަލޭގެފާނު ވޭ ތޯ ހޯދުމުން ވެސް 45 އެމީހުންގެ ތެރޭ އެކަލޭގެފާނު ނުވާ ކަން އެނގުނެވެ. ދެން އެކަލޭގެފާނު ހޯދުމަށް މަރިޔަމްގެފާނާއި ޔޫސުފު އެނބުރި ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. 46 އެމީހުން އީސާގެފާނު ހޯއްދަވާތާ ތިންވަނައަށް ވީ ދުވަހު ބައިތުލް މަޤްދިސްގެ ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ. ވަށައިގެންވާ ގޯތި ތެރެއިން އެކަލޭގެފާނު ފެނިވަޑައިގަތެވެ. އެކަލޭގެފާނު އިންނެވީ އެތާނގައިވާ ދަންނަބޭކަލުންގެ ބައިގަނޑަކާއި އެކު އެބައިމީހުން ދައްކާ ވާހަކަތައް އަޑު އައްސަވާ އަދި އެބައިމީހުން ކުރެން ސުވާލުތައް ކުރެއްވުމަށެވެ. 47 އެކަލޭގެފާނުގެ ވިސްނުންފުޅުތޫނުކަމާއި ދެއްވަމުން ގެންދެވި ޖަވާބުފުޅުތަކުގެ ހަރުދަނާ ކަމުގެ ސަބަބުން އެތާނގައިވީ އެންމެން ވަރަށް ބޮޑަށް އަޖައިބުވިއެވެ. 48 މަރިޔަމްގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާނގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ދަރިފުޅާ. މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި. މަންމަމެން ދަރިފުޅު ހޯދުމަށްޓަކައި ނުހޯދާ ތަނެއް ނެތް. ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ؟“
49 އީސާގެފާނު ޖަވާބުފުޅުގައި ދެންނެވިއެވެ. ”އަޅުގަނޑު ހޯދުމަށް ތިޔަހާ ބޮޑަށް މަސައްކަތް ތިޔަކުރެއްވީ ކީއްވެތޯ؟ އަޅުގަނޑު ވާނީ އަޅުގަނޑުގެ ބައްޕާފުޅުގެ ގެ ބައިތުލް މަޤްދިސްގައި ކަން މަންމަމެންނަކަށް ނޭނގޭތޯ؟“* މީހުން ބައިތުލް މަޤްދިސްއަށް މާތްރަސްކަލާނގެ ގެފުޅޭ މިހެން ކިޔާއުޅުނެވެ. 50 ނަމަވެސް މިބަސްފުޅުން އީސާގެފާނު މާނަ ކުރެއްވި އެއްޗެއް އެދެކަނބަލުންނަކަށް ވިސްނި ވަޑައެއް ނުގެންނެވިއެވެ.
51 ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ. 52 އީސާގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިއެވެ. އަދި ވިސްނުންތެރިކަން ލިބިވަޑައިގެން އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގެންނެވިއެވެ.

2‏:1‏-3 ޔަޙުޔާގެފާނު: ޔަޙުޔާގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަންނަވާ ޚަބަރު މީސްތަކުންނަށް ދެއްވައި އެކަމަށް އެމީހުން ތައްޔާރު ކުރުވުމަށް މާތްރަސްކަލާނގެ ފޮނުއްވި ނަބީ ބޭކަލެކެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުބާވެ ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވިއެވެ.

2‏:1‏-3 ކައިސަރު އައުގުސްތު: މިއީ ރޯމުގެ ރަސްރަސްކަލުންގެ ތެރެއިން ހިމެނުނު އެންމެ މުހިންމު ރަސްގެފާނެވެ. އޭނާގެ ރަސްކަން މެދުތެރޭ ކަނޑު (މެޑިޓެރޭނިއަން ސީ) ގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައިވިއެވެ. އީސާގެފާނު މިދުނިޔޭގައި އުޅުއްވި އިރު މުޅި ފަލަސްތީނުގެ ސަރަހައްދު ވެސް ވީ ރޯމުގެ ސަރުކާރުގެ އަތްދަށުގައެވެ. ރޯމުގެ ސަރުކާރުން ހިފައިފައިވާ ހުރިހާ ޤައުމެއްގެ ވެސް އެންމެ މުހިންމު ރަށްރަށުގައާއި އަދި ހިސާބުތަކުގައި ރޯމުގެ ސިފައިންގެ މަރުކަޒުތައް ހަދާފައިވިއެވެ.

2‏:4 ބައިތުލަޙަމް: މިއީ ޔަހޫދިއްޔާ ކަރައިގެ ޖެރޫސަލަމް އާއި ކައިރީގައިވާ ކުޑަ ރަށެކެވެ. މިރަށް މަޟްހޫރުވެފައި ވަނީ ދާއޫދުގެފާނު އުފަންވި ރަށް ކަމުގައެވެ. ވަރަށް ކުރީ ޒަމާނުއްސުރެން، ނަބީބޭކަލަކު މެދުވެރި ކުރައްވައި، މީސްތަކުން ދިންނެވުމަށް އެކަލާނގެ ފޮނުއްވާ މަސީޙާ މިރަށުގައި ރައްކައު ވާނެ ކަމުގެ ޚަބަރު ދެއްވާފައި ވެ އެވެ. މިއީ އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ރަށެވެ.

2‏:4 ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ.

2‏:9 މަލާއިކަތުން: މަލާއިކަތުންނަކީ މާތްރަސްކަލާނގެ އަންގަވާ ކަންކަމާއިގެން ފޮނުއްވޭ އެކަލާނގެ އުފެއްދެވި ބޭކަލުންނެވެ. މިއީ އިންސާނުން ނޫން ނަމަވެސް ބައެއްފަހަރު އެބޭކަލުން އިންސާނުންގެ ސިފައިގައި ވަގުތީ ގޮތަކުން ތިއްބަވައެވެ. މާތްރަސްކަލާނގެ މަލާއިކަތުން މީހުންގެ ގާތަށް ފޮނުއްވައިގެން މީހުންނަށް އެހީވެ ދެއްވާ އަދި ބައެއް މުހިންމު ހާދިސާތަކުގެ ޚަބަރު ދެއްވަ އެވެ.

2‏:11 ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ.

2‏:11 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.

2‏:15 ބައިތުލަޙަމް: މިއީ ޔަހޫދިއްޔާ ކަރައިގެ ޖެރޫސަލަމް އާއި ކައިރީގައިވާ ކުޑަ ރަށެކެވެ. މިރަށް މަޟްހޫރުވެފައި ވަނީ ދާއޫދުގެފާނު އުފަންވި ރަށް ކަމުގައެވެ. ވަރަށް ކުރީ ޒަމާނުއްސުރެން، ނަބީބޭކަލަކު މެދުވެރި ކުރައްވައި، މީސްތަކުން ދިންނެވުމަށް އެކަލާނގެ ފޮނުއްވާ މަސީޙާ މިރަށުގައި ރައްކައު ވާނެ ކަމުގެ ޚަބަރު ދެއްވާފައި ވެ އެވެ. މިއީ އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ރަށެވެ.

2‏:21 މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ.

2‏:22‏-24 ތައުރާތު: ތައުރާތަކީ މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށް މީސްތަކުންނަށް އެންގެވި ޤާނޫނާއި ޤަވައިދުތައް ލިޔެވި ބަޔާންވެގެންވާ ފޮތްކޮޅެވެ. އެފޮތްކޮޅުގެ މައިގަނޑަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ދެއްވި އެންމެ މުހިންމު ދިހަ އަމުރުފުޅެވެ. އެފޮތުގައި ލިޔެވިގެންވާޤަވައިދުތަކާއި ޤާނޫނަކީ މުޅި ދުނިޔެ ނެތިގެން ދިޔަޔަސް އޭގެން ފިއްޔަކަށް ނުކުތާއަކަށް ވެސް ބަދަލެއް ނާންނާނޭ ޤަވައިދާއި ޤާނޫނެކެވެ. އެއީ ތައުރާތުގައި ވާ އެންމެ ހައި ބަސްފުޅުތަކަކީ މާތްރަސްކަލާނގެ ބަސްފުޅުތަކެވެ.

2‏:22‏-24 ޤުރުބާން ކުރުން: މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކުރައްވާ ބަނީއިސްރާއީލުގެ މީހުންނާއި އެކު އިޤްރާރެއް ކުރެއްވިއެވެ. މިއިޤްރާރުގައި ހިމެނޭ އެއްގަވައިދަކީ ބަނީއިސްރާއީލުގެ މީހުން ކުރަންޖެހޭ ޤުރުބާންތަކެކެވެ. މިޤުރުބާންތައް ކުރުމުގެ ތިން މަޤްސަދެއްވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އިޙުތިރާމް އަދާކޮށް އެކަލާނގެ ދެއްވި ރަޙުމަތްތަކުގެ މައްޗަށް ޝުކުރުކުރުމެވެ. ދެވަނަ ކަމަކީ ކުރެވިފައިވާ ފާފަތަކަށް ތައުބާވެ އެކަންތައް ތަކަށް އެކަލާނގެ ކިބަފުޅުން މަޢާފުލިބިގަތުމެވެ. އަދި ތިންވަނަކަމަކީ ތިމާގެ ފާފަތަކުގެ ސަބަބުން ތިމާއަކީ މާތްރަސްކަލާނގެ ކިބަފުޅުގައި ނުތާހިރު މީހަކަށް ވެއެވެ. ނަމަވެސް އެމީހުން ކުރާ ޤުރުބާނުގެ ސަބަބުން އެކަލާނގެ ކިބަފުޅުގައި އެމީހަކީ ތާހިރުމީހަކު ކަމުގައިވެއެވެ. އެއީ އެމީހާގެ ފުރާނާއިގެ ބަދަލުގައި ޤުރުބާން ކުރެވޭ ޖަނަވާރުގެ ސަބަބުންނެވެ.

2‏:25 ޖެރޫސަލަމް: ޖެރޫސަލަމް އަކީ ބަނީއިސްރާއީލުގެ އެންމެ މުހިންމު ރަށެވެ. އެއީ ބަނީއިސްރާއީލުގެ މީހުން އަޅުކަން ކުރުމުގެ އެންމެ ޚާއްސަ އަދި އެންމެ މާތް ތަންކަމުގައިވާ ބައިތުލް މަޤްދިސް ބިނާ ކުރެވިފައިވާ ރަށް ވެސް މެއެވެ. ކޮންމެ އަހަރަކު ވަށައިގެންވާ ޤައުމުތަކުން ބަނީއިސްރާއީލުގެ މީހުން އެބައިމީހުންގެ ޚާއްސަ ދީނީ ޢީދުތަކުގެ މުނާސަބަތުތައް ފާހަގަ ކުރުމަށްޓަކާ އަހަރަކު ތިންފަހަރު ޖެރޫސަލަމަށް އައިސް އުޅުނެވެ.

2‏:25 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

2‏:26 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.

2‏:32 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.

2‏:37 ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ.

2‏:39 މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ.

2‏:41 ފަހަނަޅައި ދިއުމުގެ ޢީދު: މިއީ ބަނީއިސްރާއީލުގެ މީހުން މިޞްރުގައި ވެފައިވާ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބާ ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ބަކަރި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޯރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ބަކަރި ކަތިލެވޭ ސަބަބަކީ އެމީހުން މިޞްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިޞްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިޞްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިބަކަރި އެއް ޤުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާން ކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިޞްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ.

2‏:41 ޖެރޫސަލަމް: ޖެރޫސަލަމް އަކީ ބަނީއިސްރާއީލުގެ އެންމެ މުހިންމު ރަށެވެ. އެއީ ބަނީއިސްރާއީލުގެ މީހުން އަޅުކަން ކުރުމުގެ އެންމެ ޚާއްސަ އަދި އެންމެ މާތް ތަންކަމުގައިވާ ބައިތުލް މަޤްދިސް ބިނާ ކުރެވިފައިވާ ރަށް ވެސް މެއެވެ. ކޮންމެ އަހަރަކު ވަށައިގެންވާ ޤައުމުތަކުން ބަނީއިސްރާއީލުގެ މީހުން އެބައިމީހުންގެ ޚާއްސަ ދީނީ ޢީދުތަކުގެ މުނާސަބަތުތައް ފާހަގަ ކުރުމަށްޓަކާ އަހަރަކު ތިންފަހަރު ޖެރޫސަލަމަށް އައިސް އުޅުނެވެ.

2‏:46 ބައިތުލް މަޤްދިސް: މިއީ ޖެރޫސަލަމުގައިވީ ބަނީއިސްރާއީލުންގެ މުހިންމު ހަރަމްފުޅެވެ. މިހަރަމްފުޅުބައި ކުރެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެންމެ ބޭރަށް ވާ ބަޔަކީ އެންމެންނަށް ވަނުމަށް ހުއްދަ އޮންނަ ބަޔެވެ. މިބަޔަށް ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ވެސް ވަނުން ހުއްދައެވެ. އެއާއި ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ޚާއްސަކޮށް އަންހެނުން އަޅުކަން ކުރުމަށް އޮންނަބަޔެވެ. ދެން އެއާ ޖެހިގެން އެތެރެއަށް އޮންނަ ބަޔަކީ ފިރިހެނުންގެ ބަޔެވެ. ދެން އޭގެ އެތެރެއަށް އޮންނަ ބަޔަކީ އިމާމުންގެ ބަޔެވެ. މިހަތަރު ބައިގެ މެދުގައި ވަނީ ހަރަމް ފުޅުގެ އެންމެ މާތް ތަނެވެ. އެތަނަށް ވަނުން ހުއްދަ އޮންނަނީ ހަމައެކަނި އުއްތަމަ އިމާމަށެވެ. އެއީ ވެސް އަހަރަކު އެއްފަހަރު ޚާއްސަ އަޅުކަމެއް ކުރުމަށްޓަކައެވެ.

*2‏:49 މީހުން ބައިތުލް މަޤްދިސްއަށް މާތްރަސްކަލާނގެ ގެފުޅޭ މިހެން ކިޔާއުޅުނެވެ.