❖^ މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.
*^ ލޫކާސްގެ 1 ވަނަ ބާބުގެ 35 ވަނަ އާޔަތް.
❖1:17 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.
†1:18 މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތް ކަމަށް ބުނެވިފައިވާ ތަނުގައި ބައެއް ފަތްފުށް ތަކުގައި ލިޔެވިފައި ވަނީ ”ދަރިކަލުން“ ނުވަތަ މި ނޫންވެސް މިފަދަ ގޮތަކަށެވެ.
❖1:19 އިމާމުން: އިމާމުންނަކީ ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ މީހުންނެވެ. ބައިތުލް މަޤްދިސްގެ ޚަރަމްފުޅުގައި ޚިދުމަތް ކުރާ އެތައް ބައިވަރު އިމާމުންނެއްވިއެވެ. އިމާމުން ބައިތުލް މަޤްދިސް ފިޔަވާ އެހެން އެއްވެސް ދީނީ މަރުކަޒެއްގައި ޚިދުމަތެއް ނުކުރެއެވެ. އެމީހުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް ގެނައުމުން އެއެއްޗެތި އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ. ބަނީއިސްރާއީލުންގެ މެދުގައި އިމާމުންނަށް ވަރަށް އިޙުތިރާމް ކުރެވެއެވެ. އިމާމުންގެ ތެރޭގައި ތިންދަރަޖައެއް ވެއެވެ. އެއީ އިމާމުންނާއި، ބޮޑުއިމާމުންނާއި އަދި އުއްތަމަ އިމާމެވެ. އިމާމުންނާއި ބޮޑުއިމާމުންގެ ހުރިހާ އެންމެންނަކީ ވެސް އުއްތަމަ އިމާމުގެ ދަށުން މަސައްކަތް ކުރާ ބައެކެވެ. އުއްތަމަ އިމާމަކީ ދީނީ ހުރިހާ ކަމެއްގައިވެސް އެންމެ އިސްފަރާތެވެ.
‡1:19 ގުރީކު ފޮތްތަކުގައި ލިޔެވިފައިވާ ގޮތުގައި މި އެހީތެރީންނަކީ ލީވާއީގެ ދަރިކޮޅުގެ މީހުންނެވެ.
§1:20 މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަކުރައްވާފައިވާ ބޭކަލެކެވެ. ބައެއް ލަފުޒުތަކުގެ މާނައިގައިވާ ”އަލްމަސީޙު“ މި ބަސް ބައްލަވާ.
❖1:21 އިލިޔާސްގެފާނު: އެކަލޭގެފާނަކީ ބަނީއިސްރާއީލުގެ މީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުބޭކަލުންގެ ތެރެއިން ވަރަށް މުހިންމު އެއްރަސޫލުބޭކަލެކެވެ. އެކަލޭގެފާނު މޫސާގެފާނު އެންގެވި ގޮތާއި އަމުރުފުޅުތައް ދެމެހެއްޓުމަށްޓަކާ ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއެވެ. އަދި މީސްތަކުން އެހެނިހެން ކަލާނގެތަކަށް އަޅުކަން ކުރުން ހުއްޓުމަށް ވެސް އެކަލޭގެފާނު ގަދަ އަޅާ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު އުޅުއްވި ޒަމާނުގައި ބަޢަލް އޭ ކިޔުނު ކަލާނގެއަށް އަޅުކަންކުރުން ވަނީ ބަނީއިސްރާއީލުގެ މައްޗަށް ފެތުރިފައެވެ. އިލިޔާސްގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ލިބިވަޑައިގެންނެވި ބާރުފުޅާއި އަޒުމާއި އެކު އެކަލޭގެފާނު ރަސްރަސްކަލުންނާއި ވެސް ދެކޮޅުހެއްދެވިއެވެ. އެމީހުން މާތްރަސްކަލާނގެ އެންގެވި މަގުން ކަންތައް ނުކުރާތީ އާއި އަދި ރައްޔިތުންގެ މައްޗަށް ވެރިކަންކުރާ ޚުދުމުޚުތާރު އިންސާފެއް ނެތް ގޮތާއި މެދު އެކަލޭގެފާނު ދެކޮޅުހެއްދެވިއެވެ. އިލިޔާސްގެފާނު މިދުނިޔޭގައި އުޅުއްވީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްކަޑަކަށް އަށް ސަތޭކަ ވަރަކަށް އަހަރު ކުރިންނެވެ.
*1:21 އެތައް އަހަރެއްގެ ކުރިން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވަނީ ބަނީއިސްރާއީލުގެ މީހުންގެ ތެރެއިން ޚާއްސަ ރަސޫލުބޭކަލަކު ފޮނުއްވޭނެ ކަމުގައެވެ. އެބޭކަލަކީ އީސާ އަލްމަސީޙުއެވެ.
❖1:24-25 ފަރީސީން: މިއީ ބަނީއިސްރާއީލުގެ އެންމެ ބާރުގަދަ ދީނީ ބައިގެ މީހުންނެވެ. މިމީހުންނަކީ ދީނުގެ ކަންތައްތަކުގެ ޤަވާއިދުތައް އެންމެ ކުޑަމިންވަރެއް ވެސް އުނިނުކޮށް ކޮށްއުޅުނު ބަޔެކެވެ. އެހެން މީހަކުވެސް ކިރިޔާވެސް ކަމެއް އުނިކޮށްފިނަމަ ފަރީސީނުގެ މީހުން އެމީހަކާއި ދޭތެރޭ މައާފެއް ނުކުރެއެވެ. އަދި އެކަމުގެ ސަބަބުން އެމީހަކަށް އަދަބު ލިބެއެވެ. ބަނީއިސްރާއީލުންގެ މެދުގައި ފަރީސީންނަށް ވަރަށްބޮޑަށް އިޙުތިރާމް ކުރެވެއެވެ.
❖1:24-25 ތައުބާގެ ހިނެވުން: މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ އުރުދުން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. ”ޔަޙުޔާގެފާނު“ ބަލާ.
❖1:29 ޤުރުބާން ކުރުން: މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކުރައްވާ ބަނީއިސްރާއީލުގެ މީހުންނާއި އެކު އިޤްރާރެއް ކުރެއްވިއެވެ. މިއިޤްރާރުގައި ހިމެނޭ އެއްގަވައިދަކީ ބަނީއިސްރާއީލުގެ މީހުން ކުރަންޖެހޭ ޤުރުބާންތަކެކެވެ. މިޤުރުބާންތައް ކުރުމުގެ ތިން މަޤްސަދެއްވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އިޙުތިރާމް އަދާކޮށް އެކަލާނގެ ދެއްވި ރަޙުމަތްތަކުގެ މައްޗަށް ޝުކުރުކުރުމެވެ. ދެވަނަ ކަމަކީ ކުރެވިފައިވާ ފާފަތަކަށް ތައުބާވެ އެކަންތައް ތަކަށް އެކަލާނގެ ކިބަފުޅުން މަޢާފުލިބިގަތުމެވެ. އަދި ތިންވަނަކަމަކީ ތިމާގެ ފާފަތަކުގެ ސަބަބުން ތިމާއަކީ މާތްރަސްކަލާނގެ ކިބަފުޅުގައި ނުތާހިރު މީހަކަށް ވެއެވެ. ނަމަވެސް އެމީހުން ކުރާ ޤުރުބާނުގެ ސަބަބުން އެކަލާނގެ ކިބަފުޅުގައި އެމީހަކީ ތާހިރުމީހަކު ކަމުގައިވެއެވެ. އެއީ އެމީހާގެ ފުރާނާއިގެ ބަދަލުގައި ޤުރުބާން ކުރެވޭ ޖަނަވާރުގެ ސަބަބުންނެވެ.
❖1:32 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.
†1:36 އެކަލޭގެފާނަކީ ފާފައިގެ ކައްފަރާއެއްގެ ގޮތުގައި ކަތިލެވޭ ކަންބަޅިއެއް ކަމުގައެވެ. ފެށުން ބާވީސްވަނަ ބާބު އަދި އަޅުވެތިކަމުން މިނިވަންވުން ބާރަވަނަ ބާބު ބައްލަވާ.
‡1:38 މިތަނުގައި ގުރީކުބަހުން ލިޔެވިފައި ވަނީ ”ރައްބި، މިބަހުގެ މާނައަކީ އެދުރުކަލޭގެފާނުއެވެ.“ މިފަދައިންނެވެ.
❖1:41 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.
§1:42 އަދި ޢިބްރާނީ ބަހުން ”ކީފާ“ އާއި ގުރީކު ބަހުން ”ޕަތަރަސް“ މި ދެބަހުގެ ވެސް މާނައަކީ އެއްމާނައެކެވެ. އެއީ ހިލައެވެ.
*1:45 ޔޫސުފު އަކީ އީސާގެފާނުގެ އަސްލު ބައްޕަ ކަމުގައި ނުވިޔަސް މީހުން ދެކެނީ އޭނާއަކީ އެކަލޭގެފާނުގެ ބައްޕަކަމުގައެވެ.
❖1:49 މާތްރަސްކަލާނގެ ދަރިކަލުން: މިއީ މާތްރަސްކަލާނގެ އާއި އިންސާނަކާއި ދެމެދު އޮންނަންވާނެ ގާތް ފުރިހަމަ ގުޅުމުގެ މާނަ ފާޅުކޮށްދީ ހާމަކުރުމަށް ބޭނުން ކުރެވޭ ލަފުޒެކެވެ. މި ލަފުޒު މިއީ އީސާގެފާނުގެ ލަޤަބުފުޅުތަކުގެ ތެރެއިން އެއްލަޤަބުފުޅެވެ. އީސާގެފާނު ވަރަށް ގިނަ ފަހަރުމަތިން މާތްރަސްކަލާނގެ ކިބަފުޅާއި މެދު އަންގަވައި ދެއްވާ އުގަންނައި ދެއްވަމުން ގެންދެވި އިރު އެކަލާނގެ ކިބަފުޅަށް ބައްޕާފުޅޭ ވިދާޅުވެ މުޙާތަބު ކުރައްވާފައި ވެއެވެ.
†1:51 އިންސާނާގެ ދަރިކަލުންނަކީ އީސާގެފާނަށް ދެވިފައިވާ ލަގަބުފުޅެކެވެ. އެކަން ވަނީ ކުރީގެ ފަތްފުށް ތަކުގައި ވެސް ބަޔާން ކުރެވިފައެވެ. ރަދީފު ބައްލަވާ.