28
ޕައުލް މަލްތާގައި
އަހަރެމެންނަށް އެއްގަމަށް އާދެވުމުން މި ރަށަކީ މަލްތާ ކަން އަހަރެމެންނަށް އެނގުނެވެ. އެ ރަށުގެ މީހުން އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަން ކުރިއެވެ. އޭރު ވިއްސާރަވެ މޫސުން ވަނީ ވަރަށް ފިނިވެފައެވެ. އެހެން ކަމުން އަހަރެމެންނަށް ހޫނު ދިނުމަށްޓަކައި އެ ރަށުގެ މީހުން އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ. ޕައުލް އެތަނުން ދަރުގަނޑުތަކެއް ނަގާ އަލިފާންގަނޑަށް ލަނިކޮށް އަލިފާނުގެ ސަބަބުން ހޫނުވުމުން އޭގެން ދަރުގަނޑެއްގައި ވީ ވިހަ ހަރުފައެއް ނުކުތެވެ. އަދި އެ ހަރުފަ ޕައުލްގެ އަތަށް ވިހަލިއެވެ. އެތާނގައި ވީ އެ ރަށުގެ މީހުންނަށް އެ ހަރުފަ ޕައުލްގެ އަތުގައި އެލިފައި އޮތްތައް ފެނުމުން ބުންޏެވެ. ”ޔަޤީން. މިމީހާއަކީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ މީހެއް. އޭނާ ކަނޑުވެ މަރުނުވި ކަމުގައި ވިޔަސް ހަމަ ޔަގީނުން ވެސް އިންސާފުގައި އޭނާ އަކަށް ދިރިހުރުމެއް ނުވޭ.“
ނަމަވެސް ޕައުލް އަތް ފޮޅާލާ އެ ހަރުފަ އަލިފާންގަނޑުގެ ތެރެއަށް އެއްލާލިއެވެ. އަދި އޭތި ލީ ވިހައިން އޭނާއަކަށް އެއްވެސް ކަމެއް ނުވިއެވެ. މީސްތަކުން ހީކުރީ ޕައުލް އެ ވިހައިގެ ސަބަބުން ދުޅަވާނެ ކަމުގައެވެ. ނޫނީ ކުއްލިއަކަށް މަރުވެގެން ވެއްޓޭނެ ކަމުގައެވެ. އެމީހުން ވާގޮތެއް ބަލަން އެތައް އިރަކު ތިބި އިރު ވެސް ޕައުލް އަށް އެއްވެސް ކަމެއް ނުވިތަން ފެނުމުން އެމީހުން އިސްދަށަށް ޖެހުނެވެ. އަދި ޚިޔާލު ބަދަލުކޮށް ބުންޏެވެ. ”މީނާ އަކީ އިންސާނެއް ނޫން. ކަލާނގެއެއް.“
މި ރަށުގެ އެންމެ އިސްމީހަކީ ޕޫބްލިޔުސް އެވެ. މިތާގެ ކައިރީގައި އޭނާގެ ދަނޑުބިންތަކެއް ވެއެވެ. އޭނާ އަހަރެމެން އެންމެން އޭނާގެ ގެއަށް ގެންގޮސް އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަންތައް ކުރިއެވެ. އެގޭގައި އަހަރެމެން ތިން ދުވަސް ވަންދެން ތިބީމެވެ. އޭރު ޕޫބްލިޔުސްގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ހުންއައިސް ބޭރަށް ހިންގުމުގެ ރޯގާއެއްޖެހިފައެވެ. ޕައުލް ގޮސް އޭނާގެ ކޮނޑުގައި އަތްލާ އޭނާގެ މައްޗަށް ދުޢާ ކުރުމުން އޭނާގެ ބަލި ފިލާ ރަނގަޅުވިއެވެ. ދެން މިއަށް ފަހު އެ ރަށުގައިވާ ހާ ބަލި މީހުންނެއް ޕައުލްގެ ގާތަށް އައެވެ. އެ އެންމެންގެ މައްޗަށް ވެސް ޕައުލް ދުޢާ ކުރުމުން އެމީހުންގެ ބަލިތައް ވެސް ރަނގަޅުވިއެވެ. 10 މި ކަމުގެ ސަބަބުން ރަށުގެ އެންމެން ވެސް އަހަރެމެންނަށް ވަރަށް އިޙުތިރާމު ކުރަންފެށިއެވެ. އަދި އެ ރަށުން ފުރުމުގެ ވަގުތުޖެހުމުން އަހަރެމެންނަށް ދަތުރަށް ބޭނުންވާނެ ހުރިހާ ވައްތަރެއްގެ އެއްޗިހި އެމީހުން އޮޑިއަށް ލާދިނެވެ.
މަލްތާއިން ރޯމުކަރައަށް
11 އެ ރަށުގައި ތިން މަސްދުވަސް ވުމަށް ފަހު އަނެއްކާ ވެސް ރޯމަށް ދިއުމަށްޓަކައި އަހަރެމެން ދަތުރު ފެށީމެވެ. މި ފަހަރު އަހަރެމެން ދަތުރު ކުރީ އެ ރަށުގައި ފިނިމޫސުން ހޭދަކުރުމަށް މަޑު ކުރި އިސްކަންދަރިއްޔާގެ އޮޑިއެއްގައެވެ. އެއޮޑީގެ ދިރުނބާކޮޅުގައި ގުރީކު ކަލާނގެތަކުގެ ތެރެއިން އެންމާބަނޑު ދެ ކަލާނގެ ކަމުގައިވާ މިތުނަރާހީގެ ނިޝާން ވެސް ހަރު ކުރެވިފައި ވިއެވެ.
12 މަލްތާއިން ފުރައިގެން އަހަރެމެން އެންމެ ފުރަތަމަ ދިޔައީ ސިރަކޫސަގެ ބަނދަރަށެވެ. އެ ރަށުގައި އަހަރެމެން ތިން ދުވަހު މަޑު ކުރީމެވެ. 13 އެ ރަށުން ފުރައިގެން އަހަރެމެން ދިޔައީ ރޭގިޔުމް އަށެވެ. އޭގެ އަނެއްދުވަހު ދެކުނުން ވައިޖެހެން ފެށިއެވެ. އެހެން ކަމުން އަނެއް ދުވަހު ދަތުރުކޮށް އޮޑި ދިޔައީ ޕުތެޔޯލީއަށް ލެފިއެވެ. 14 އެރަށުގައި އަހަރެމެން އެއްހަފްތާ މަޑުކުރި މަޑުކުރުމުގައި އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެމީހުން އެދުމުން އަހަރެމެން އެ ރަށުގައި އެމީހުންގެ ގާތުގައި ތިބީމެވެ. ދެން އެންމެފަހުން އަހަރެމެން ރޯމުކަރަޔަށް ދިޔައީމެވެ.
15 ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.
ޕައުލް ރޯމުގައި
16 ރޯމުގައި ޕައުލް އަމިއްލަ ތާކު ހުރުމުގެ ހުއްދަ އޭނާއަށް އޮތެވެ. ނަމަވެސް ސިފައިންގެ މީހަކު އޭނާގެ ގާތުގައި އަބަދު ވެސް ފޯރިމަރަމުން ދިޔައެވެ. 17 ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުން، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައި. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަން. 18 ރޯމުގެ ސަރުކާރުން ޝަރީއަތް ބަލާ އެމީހުންނަކަށް އަޅުގަނޑަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ ކުށެއް ނުފެނުނު. އެހެން ކަމުން އެމީހުން ގަސްތު ކުރީ އަޅުގަނޑު ދޫކޮށްލުމަށް. 19 ނަމަވެސް ބަނީއިސްރާއީލުގެ ވެރިން މި ނިންމުމާއި ނުރުހުމުން އަޅުގަނޑު ނިންމީ ރޯމުގެ ރަސްގެފާނުގެ އަރިހަށް މި މައްސަލަ ހުށައަޅަން. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ މީހުންނާއި ދެކޮޅަށް މައްސަލަ ޖައްސާކަށެއް ނުވެސް އެދެން.
20 އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން މިއަދު މި ތަނަށް ވަޑައިގެން ދެއްވުމަށް މި އެދުނީ ތިޔަބޭފުޅުން މިކަންތައް އެނގި ދެނެގަތުމަށް. އަދި އަޅުގަނޑު މި ފަދައިން ހައްޔަރުވެ ހިލިހިލާގައި ޖެހިފައި މި ވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ބަނީއިސްރާއީލުގެ އުންމީދު ކަމުގައިވާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންފި ކަން ގަބޫލު ކުރުމުގެ ސަބަބުން.“ 21 އެމީހުން ޖަވާބުގައި ބުންނެވެ. ”އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަގަނޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ. 22 ނަމަވެސް އަހަރެމެން ކަލޭ ބުނަން ބޭނުން އެއްޗެއްގެ އަޑު އެހުމަށް ބޭނުން. އަހަރެމެންނަށް އެނގޭހާ ވެސް އެއްޗަކީ ހުރިހާ ތަނެއްގައި ވެސް މީހުން ތިޔަ ބުނި ޖަމާޢަތުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކާ ކަން.“
23 ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އެދުވަހު އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ. މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި މާތްރަސްކަލާނގެ ރަސްކަންފުޅު: މިބަސްފުޅުގައި ތިން މާނަ އެއްވެއެވެ. އޭގެތެރެއިން އެއް މަނައަކީ މީހެއްގެ ދިރިއުޅުމުގައި ހިނގަނީ މާތްރަސްކަލާނގެ ވެރިކަން ކަމަށް ވާ ނަމަ އެކަމުގެ ސަބަބުން އެމީހަކާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ވާ ފުރިހަމަ ގުޅުމެވެ. އެފަދަ މީހެއްގެ ހިތާއި، ބަހާއި އަމަލުންވިޔަސް ކުރާ ހުރިހާކަމެއް ކުރާނީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިންނެވެ. އަދި އެކަލާނގެ އެދިވޮޑިގެންވާ ގޮތަކީ ކޮބައިކަން އެމީހަކަށް އެއްވެސް ޝައްކެއްނެތި އެނގޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. މިބަސްފުޅުގެ ދެވަނަ މާނައަކީ މާތްރަސްކަލާނގެ މިދުނިޔޭގެ މައްޗަށް ރަސްކަންކުރައްވާނެ ރަސްކަންފުޅާއި އެރަސްކަންފުޅު ހިނގާނެ ގޮތެވެ. އަދި މިބަސްފުޅުގެ ތިންވަނަ މަނައަކީ މީސްތަކުންނަށް މާތްރަސްކަލާނގެ އާއި މެދު އަންގައި ދިނުމާއި އަދި އެކަލާނގެ އެންގެވި ގޮތަށް ކަންތައްކުރުމެވެ. އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ. 24 ޕައުލްގެ ވާހަކަތައް އަހާ އެއްބަޔަކު ގަބޫލުކޮށް އީމާންވިއެވެ. އަދި އަނެއް ބަޔަކު އެ ވާހަކަތަކާ ދެކޮޅުހެދިއެވެ. 25 ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.
26 ’ތިމަންކަލާނގެ މީސްތަކުންގެ ގާތަށް ގޮސް މި ފަދައިން ބުނާށޭ. ކަލޭމެންނަށް ތިމަންކަލާނގެ ބަސްފުޅުތައް އިވޭނެއޭ. އެކަމު ކަލޭމެންނަކަށް އެ ބަސްފުޅުތަކުގެ މާނައެއް ނުވިސްނޭނޭ. ތިމަންކަލާނގެ ކުރައްވާ ކަންތައްތައް ތިޔަބައިމީހުން ދެކޭނޭ. އެ ކަންތައްތައް ކަލޭމެންނަށް ފެނުނު ނަމަވެސް އިހުސާހެއް ނުކުރެވޭނެ. 27 އެއީ އެމީހުންގެ ހިތްތަށް ވަނީ ގާވެ ހަރުވެފައޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުންގެ ލޯތައް ވެސް ވަނީ މެރިފައޭ. އަދި އެމީހުންނަކަށް ތިމަންކަލާނގެ ކިބައަށް އެނބުރި ރަނގަޅު ވުމަށް އެދޭކަށް ވެސް ހިތަކަށް ނާންނާނެއޭ. އެހެންނަމަ ތިމަންކަލާނގެ އެމީހުން ރަނގަޅުކޮށް ދޭހުށީން.‘
28‏-29 އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައިވީ ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.
30 ދެން ދެއަހަރު ދުވަސް ވަންދެން ޕައުލް ގެއެއް ކުއްޔަށް ހިފައިގެން ހުއްޓެވެ.* ޕައުލް ރޯމުގައި ދެއަހަރު ދުވަހު ހުރީ ގޭގެބަންދުގައެވެ. އޭނާގެ ގާތުގައި އަބަދުވެސް ސިފައިނގެ މީހަކު ވިއެވެ. ޕައުލް ހުރީ އޭނާ އަމިއްލަ ޚަރަދުގައި ކުއްޔަށް ހިފައިގެން ހުރި ގެއެއްގައި ވެސް މެއެވެ. އަދި އޭނާގެ ގެއަށް ޒިޔާރަތް ކުރި ކޮންމެ މީހަކަށް ވެސް އޭނާ އުފަލާއި އެކު މަރުހަބާ ކިޔެވެ. 31 އޭނާ ބިރަކާއި ނުލާ ކެރިގެން މާތްރަސްކަލާނގެ ރަސްކަންފުޅާ މާތްރަސްކަލާނގެ ރަސްކަންފުޅު: މިބަސްފުޅުގައި ތިން މާނަ އެއްވެއެވެ. އޭގެތެރެއިން އެއް މަނައަކީ މީހެއްގެ ދިރިއުޅުމުގައި ހިނގަނީ މާތްރަސްކަލާނގެ ވެރިކަން ކަމަށް ވާ ނަމަ އެކަމުގެ ސަބަބުން އެމީހަކާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ވާ ފުރިހަމަ ގުޅުމެވެ. އެފަދަ މީހެއްގެ ހިތާއި، ބަހާއި އަމަލުންވިޔަސް ކުރާ ހުރިހާކަމެއް ކުރާނީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިންނެވެ. އަދި އެކަލާނގެ އެދިވޮޑިގެންވާ ގޮތަކީ ކޮބައިކަން އެމީހަކަށް އެއްވެސް ޝައްކެއްނެތި އެނގޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. މިބަސްފުޅުގެ ދެވަނަ މާނައަކީ މާތްރަސްކަލާނގެ މިދުނިޔޭގެ މައްޗަށް ރަސްކަންކުރައްވާނެ ރަސްކަންފުޅާއި އެރަސްކަންފުޅު ހިނގާނެ ގޮތެވެ. އަދި މިބަސްފުޅުގެ ތިންވަނަ މަނައަކީ މީސްތަކުންނަށް މާތްރަސްކަލާނގެ އާއި މެދު އަންގައި ދިނުމާއި އަދި އެކަލާނގެ އެންގެވި ގޮތަށް ކަންތައްކުރުމެވެ. މެދުއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙު އާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައި ދެމުން ދިޔައެވެ. އަދި އެއްވެސް މީހަކު އޭނާ މި ކަން ކުރުން މަނާކޮށް ހުއްޓުވުމަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.

28‏:23 މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ.

28‏:23 މާތްރަސްކަލާނގެ ރަސްކަންފުޅު: މިބަސްފުޅުގައި ތިން މާނަ އެއްވެއެވެ. އޭގެތެރެއިން އެއް މަނައަކީ މީހެއްގެ ދިރިއުޅުމުގައި ހިނގަނީ މާތްރަސްކަލާނގެ ވެރިކަން ކަމަށް ވާ ނަމަ އެކަމުގެ ސަބަބުން އެމީހަކާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ވާ ފުރިހަމަ ގުޅުމެވެ. އެފަދަ މީހެއްގެ ހިތާއި، ބަހާއި އަމަލުންވިޔަސް ކުރާ ހުރިހާކަމެއް ކުރާނީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިންނެވެ. އަދި އެކަލާނގެ އެދިވޮޑިގެންވާ ގޮތަކީ ކޮބައިކަން އެމީހަކަށް އެއްވެސް ޝައްކެއްނެތި އެނގޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. މިބަސްފުޅުގެ ދެވަނަ މާނައަކީ މާތްރަސްކަލާނގެ މިދުނިޔޭގެ މައްޗަށް ރަސްކަންކުރައްވާނެ ރަސްކަންފުޅާއި އެރަސްކަންފުޅު ހިނގާނެ ގޮތެވެ. އަދި މިބަސްފުޅުގެ ތިންވަނަ މަނައަކީ މީސްތަކުންނަށް މާތްރަސްކަލާނގެ އާއި މެދު އަންގައި ދިނުމާއި އަދި އެކަލާނގެ އެންގެވި ގޮތަށް ކަންތައްކުރުމެވެ.

*28‏:30 ޕައުލް ރޯމުގައި ދެއަހަރު ދުވަހު ހުރީ ގޭގެބަންދުގައެވެ. އޭނާގެ ގާތުގައި އަބަދުވެސް ސިފައިނގެ މީހަކު ވިއެވެ. ޕައުލް ހުރީ އޭނާ އަމިއްލަ ޚަރަދުގައި ކުއްޔަށް ހިފައިގެން ހުރި ގެއެއްގައި ވެސް މެއެވެ.

28‏:31 މާތްރަސްކަލާނގެ ރަސްކަންފުޅު: މިބަސްފުޅުގައި ތިން މާނަ އެއްވެއެވެ. އޭގެތެރެއިން އެއް މަނައަކީ މީހެއްގެ ދިރިއުޅުމުގައި ހިނގަނީ މާތްރަސްކަލާނގެ ވެރިކަން ކަމަށް ވާ ނަމަ އެކަމުގެ ސަބަބުން އެމީހަކާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ވާ ފުރިހަމަ ގުޅުމެވެ. އެފަދަ މީހެއްގެ ހިތާއި، ބަހާއި އަމަލުންވިޔަސް ކުރާ ހުރިހާކަމެއް ކުރާނީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިންނެވެ. އަދި އެކަލާނގެ އެދިވޮޑިގެންވާ ގޮތަކީ ކޮބައިކަން އެމީހަކަށް އެއްވެސް ޝައްކެއްނެތި އެނގޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. މިބަސްފުޅުގެ ދެވަނަ މާނައަކީ މާތްރަސްކަލާނގެ މިދުނިޔޭގެ މައްޗަށް ރަސްކަންކުރައްވާނެ ރަސްކަންފުޅާއި އެރަސްކަންފުޅު ހިނގާނެ ގޮތެވެ. އަދި މިބަސްފުޅުގެ ތިންވަނަ މަނައަކީ މީސްތަކުންނަށް މާތްރަސްކަލާނގެ އާއި މެދު އަންގައި ދިނުމާއި އަދި އެކަލާނގެ އެންގެވި ގޮތަށް ކަންތައްކުރުމެވެ.