22
”އިއްޒަތްތެރި އެންމެހާ އަޚުންނޭ އަޑުއައްސަވާ، ތިޔަބައިމީހުންނަށް މި ކަންތައްތައް ވެގެން އުޅޭގޮތް އޮޅުންފިލުވާ ދިނުމަށް އަޅުގަނޑު މިބުނާ ބަސްތަކުގެ އަޑު އެއްސެވުން އެދެން.“ ބަނީއިސްރާއީލު މީހުންނަށް ޕައުލް އެމީހުންގެ އަމިއްލަ ބަހުން ވާހަކަދައްކާ އަޑު އިވުމުން އަދި އިހަށް ވުރެ ވެސް މައިތިރިވެ އަޑުމަޑުވެގެން ދިޔައެވެ.
ޕައުލް ބުންޏެވެ. ”އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަހަރެން ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން. ހަމަ އަޅުގަނޑު ވެސް އީސާގެފާނު ދެއްކެވި މަގުން އުޅުމަށް ގަސްތު ކުރި މީހުންނަށް އަނިޔާ ދިނީން. އަދި އޭގެ ތެރެއިން ބައެއް މީހުން މެރުމަށް ވެސް އެންގީން. އަދި އެމީހުންގެ ތެރެއިން އަންހެނުންނާ ފިރިހެނުން ދަމާ ބަނދެ ހައްޔަރުކޮށް ޖަލަށް ވެސް ލީން. އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބަނީއިސްރާއީލުގެ ދީނީކޯޓު: އީސާގެފާނުގެ ޒަމާނުގައި ބަނީއިސްރާއީލު ވީ ރޯމުސަރުކާރުގެ އަތްދަށުގައެވެ. ނަމަވެސް ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޝަރީއަތްތަށް ކުރުމަށް ވާ ޚާއްސަ ދީނީކޯޓެއް ވިއެވެ. އެކޯޓުގައި ހިމެނެނީ 17 މެމްބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އިމާމުންނާއި، ދީނުގެބޮޑުންނާއި، އެދުރުންނާއި އަދި އުއްތަމަ އިމާމެވެ. ރޯމުސަރުކާރުން މިކޯޓަށް ބަނީއިސްރާއީލު މީހުންގެ މައްޗަށް ބާރުހިންގުމަށް ވަރަށް ބޮޑަށް ވެސް ދޫދީފައިވިއެވެ. ނަމަވެސް މިކޯޓުން މީހުންގެ މައްޗަށް މަރުގެ ޙުކުމް ކުރުމުގެ ހުއްދައެއް ނޯވެއެވެ. ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.
އަޅުގަނޑު ދިމިޝްޤަށް ދިޔަމަގުމަތީ އެ ރަށާއި ވަރަށް ކައިރި ވެފައި ވަނިކޮށް އެއްދުވަހެއްގެ މެންދުރު ވަގުތު ވަރަށް ގަދަ އައްޔެއް އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. އަދި އަޅުގަނޑު ބިންމައްޗަށް ވެއްޓުނު. އެވަގުތު އަޅުގަނޑަށް އިވުނީ މި ފަދައިން ބުނެވުނު އަޑު. ’އޭ ޝާއުލް، ޝާއުލް. ކަލޭ ތިމަންކަލޭގެފާނަށް އަނިޔާތައް ތިޔަ ދެނީ ކީއްވެ ހޭ؟‘ އަޅުގަނޑު އެހީން. ’ތިޔައީ ކޮން ބޭފުޅެއް ތޯއޭ؟‘ އެ އަޑު ޖަވާބުގައި ވިދާޅުވި. ’އަހަރެން މިއީ ކަލޭ ތިޔަ އަނިޔާދޭ ނާޒަރަތުގެ އީސާގެފާނޭ.‘ އަޅުގަނޑާއި އެކު ދަތުރު ކުރަމުން ދިޔަ އެހެން އެންމެންނަށް ވެސް މި ގަދަ އަލި ފެނުނު. އަދި އެމީހުންނަށް އަޑުފުޅެއް ވެސް އިވުނު. ނަމަވެސް އެމީހުންނަކަށް އެ ބަސްތަކުގެ މާނައެއް ނުވިސްނުނު. 10 އަޅުގަނޑު ބުނީން. ’މާތް ސާހިބާއޭ، އަޅުގަނޑު ކުރަންވީ ކީއްތޯއޭ.‘ މާތް ސާހިބާ ވިދާޅުވި. ’ތެދުވާށޭ. ތެދުވެގެން ދިމިޝްޤަށް ދާށޭ. އެ ރަށުގައި ތިމަންކަލޭގެފާނު ކަލޭ ކުރުމަށް ހަމަޖައްސާފައިވާ ހުރިހާ ކަމެއް ކަލެއަށް އެނގޭނޭ.‘ 11 އޭރު އަޅުގަނޑުގެ ލޮލަކަށް ނުފެނޭ. އެއީ އެ ގަދަ އަލީގެ ސަބަބުން އަޅުގަނޑުގެ ލޮލުގެ އަލިކަން ވަނީ ގެއްލިފަ. އެހެން ކަމުން އަޅުގަނޑާއި އެކު ދަތުރު ކުރަމުން ދިޔަ މީހުން އަޅުގަނޑު އެ ރަށަށް ގެންގޮސް ދިން.
12 އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ. 13 މި އަނާނިޔާހު އަޅުގަނޑުގެ ކައިރިއަށް އައިސް ބުނި. ’މަގޭ އަޚާ ޝާއުލް އޭ، ލޮލަށް އަލިވެ ދެކޭށޭ!‘ ހަމައެވަގުތު އަޅުގަނޑުގެ ލޮލަށް އަލިވެ އޭނާ ފެނުނު. 14 ދެން އޭނާ އަޅުގަނޑަށް ބުނި. ’އަހަރެމެންގެ ކާބަފައިން އަޅުކަން ކުރި މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ ރޭއްވުންފުޅުތައް ކަލެއަށް އަންގަވާ އަދި އެކަލާނގެ ފޮނުއްވި މާތް ރަނގަޅު ސާލިހު ކަލޭގެފާނު ކަލެއަށް ހާމަކުރައްވާ ދައްކަވާ އަދި އެކަލޭގެފާނުގެ އަޑުފުޅު ސީދާ އިވުމަށް ކަލޭ ހޮއްވަވައިފިއޭ. 15 މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ކަލެއަށް ތިޔަ ފެނި އަދި އިވުނު ކަންތައްތަކުގެ ޚަބަރު މީސްތަކުންނަށް ކަލޭ އަންގައިދެން ޖެހޭނޭ. 16 އެހެންވީމައި އިތުރަށް ދެން މަޑު ނުކުރާށޭ. ތެދުވެ އަވަހަށް ތައުބާގެ ހިނެވުމުން ތައުބާގެ ހިނެވުން: މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ އުރުދުން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. ”ޔަޙުޔާގެފާނު“ ބަލާ. ހިނައިގަނެ މާތްސާހިބާގެ ނަންފުޅުގަނެ ދުޢާ ކޮށް ކަލޭގެ ފާފަތައް ފޮހެ ނައްތާލާށޭ.‘
17‏-18 މިއަށް ފަހު އަހަރެން އެނބުރި ޖެރޫސަލަމަށް އައިސް ބައިތުލް މަޤްދިސްގައި ދުޢާ ކުރަން އިންދާ އަހަންނަށް ހޭލާ ހުއްޓާ ހުވަފެނެއް ފަދައިން ފެނުނީ މާތް ސާހިބާ މި ފަދައިން ބުނި އަޑު. ’އަވަސް ކުރާށޭ. ވިހާ ވެސް އަވަހަކަށް ޖެރޫސަލަމުން ދާށޭ. އެއީ ކަލޭ އަހަރެންނާއި މެދު ބުނާ އެއްވެސް ބަހެއް އަދި ހެއްކެއް ވިޔަސް މި ރަށުގެ މީހުން ގަބޫލެއް ނު ކުރާނޭ.‘ 19 ނަމަވެސް އަޅުގަނޑު މާތް ސާހިބާއަށް ދެންނެވީން. ’އެތައް ދީނީ މަރުކަޒުތަކެއްގައި އަޅުގަނޑު މާތް ސާހިބާއަށް އީމާންވެގެން ތިބި މީހުންނަށް އަނިޔާކޮށް ހައްޔަރުކޮށް ހެދިކަން މި ރަށުގެ އެންމެންނަށް ވެސް އެނގޭނޭ. 20 އަދި މާތް ސާހިބާ އާއި ބެހޭ ގޮތުން ވާހަކަދައްކާ މީސްތަކުންނަށް އަންގައިދީ އުޅުނު އިސްތިފާނު ގައިގައި ގަލުން ތަޅާ މަރާލިއިރު ވެސް އަޅުގަނޑު އެތާނގައި އެބައިމީހުންނާއި އެއްކޮޅުވެ އެމީހުންނަށް ތާއީދު ކުރަން ހުރިން، އަދި އެ ގަލުން ތެޅި މީހުންގެ ކޮނޑުގައި ވީ ފޮށާތައް ވެސް ބެލެހެއްޓީ ވެސް ހަމަ އަޅުގަނޑު.‘ 21 ނަމަވެސް މާތް ސާހިބާ ވިދާޅުވި. ’ޖެރޫސަލަމުން ދޭ. އަހަރެން ކަލޭ މި ފޮނުވަނީ މި ރަށުން ވަރަށް ދުރަށް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.‘ “
22 ޕައުލްގެ ވާހަކަ މި ހިސާބަށް ދަންދެން އެއްވެފައިވީ މީހުންގަނޑު މަޑުވެ ތިބެ އަޑު އެހި ނަމަވެސް ދެން އަނެއްކާވެސް އެމީހުން ހަޅޭއްލަވަންފެށިއެވެ. ”މިމީހާ ނައްތަލާ. ތިޔަ ކަހަލަ މީހަކަށް ދިރިހުރުން ޙައްޤެއް ނޫން.“ 23 އެމީހުން ހަޅޭއްލަވަމުން ދިޔައެވެ. އަދި އެމީހުން ގަމީސްތައް ބާލާ އެ ހޫރާ އަދި ވެލި އުކާ ހެދިއެވެ.* ބަނީއިސްރާއީލު މީހުން އެމީހުން ލައިގެން ތިބޭ ގަމީސް ބާލާ މި ގޮތަށް ހޫރަނީ ކުފުރުގެ ބަހެއް އިވިއްޖެނަމަ އެކަމާއި ބިރުގަނެ އެކަމާ އެމީހުން ކުރާ ނަފުރަތު ހާމަކުރުމަށެވެ. އަދި ވެލި އުކަނީ އެމީހުންގެ ރުޅިވެރިކަން ދައްކާ އެކަން ހާމަކުރުމަށެވެ.
24 ސިފައިންގެ ކޮމާންޑަރު ޕައުލް ސިފައިންގެ ކޮށީގެ ތެރެއަށް ވައްދާ އޭނާ ގައިގައި ހަންމުށިން ތެޅުމަށް އެންގިއެވެ. އޭނާ މި ގޮތަށް ކަންތައް ކުރީ އޭރުން ޕައުލް އޭނާގެ ކުށަށް އިޢުތިރާފު ވޭތޯ ބެލުމަށެވެ. އެއީ މީހުން އޭނާ ދެކެ އެވަރަށް ރުޅިއައިސްގެން އެ އުޅޭ ސަބަބެއް އޭނާއަށް އޮޅުން ނުފިލައިގެންނެވެ.
25 ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ވީ އޮފިސަރަށް ބުންޏެވެ. ”ރޯމުސަރުކާރުގެ ރައްޔިތަކާ ރޯމުސަރުކާރުގެ ރައްޔިތެއް: ރޯމުސަރުކާރުގެ ރައްޔިތެއް ކަމުގައި ވުމަކީ ވަރަށް ބޮޑު ފައިދާ އާއި އިސްކަން ލިބޭ ކަމެކެވެ. އެއީ ރޯމުގެ ސަރުކާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް ރޯމުސަރުކާރުގެ ރައްޔިތަކަށް ވުމުގެ ނަސީބު ލިބިފައި ވަނީ ވަރަށް މަދު މީހަކަށެވެ. ރޯމުސަރުކާރުގެ ރައްޔިތަކާއި މެދު ހެއްކާއި ދަލީލުގެ މައްޗަށް ޝަރީއަތް ކޮށްބަލާ ހެދުމަށް ފަހު ނޫނީ އެއްވެސް އަދަބެއް ދިނުމަކީ މަނާކަމެކެވެ. ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟“ 26 މި އޮފިސަރު ސިފައިންގެ ކޮމާންޑަރުގެ ގާތަށް ގޮސް ބުންޏެވެ. ”ތިޔަ ކުރައްވަން އުޅެނީ ކޮން ފަދަ ކަމެއް ތޯ؟ މިމީހާއަކީ ރޯމުސަރުކާރުގެ ރައްޔިތެއް.“ 27 ކޮމާންޑަރު ޕައުލްގެ ގާތަށް ގޮސް އޭނާއާއި ސުވާލު ކުރިއެވެ. ”އެއީ ތެދެއް ތަ ކަލެއަކީ ރޯމުސަރުކާރުގެ ރައްޔިތެއްތަ؟“ ޕައުލް ޖަވާބުގައި އާޔެކޭ ބުންޏޭ. 28 ކޮމާންޑަރު ޖަވާބުގައި ބުންޏެވެ. ”އަހަރެން ވެސް މިއީ ރޯމުސަރުކާރުގެ ރައްޔިތެއް. އެކަމަކު އަހަރެންނަށް ރޯމުސަރުކާރުގެ ރައްޔިތަކަށް ވެވުނީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން.“
”އަހަރެން މިއީ އުފަން ރޯމުސަރުކާރުގެ ރައްޔިތެއް.“ ޕައުލް ޖަވާބުގައި ބުންޏެވެ. 29 ދެން ޕައުލް ބަނދެ އޭނާ ގައިގައި ތަޅާ އޭނާއާއި ސުވާލުތައް ކުރުމަށް އުޅުނު ސިފައިން ޕައުލް އަކީ ރޯމުގެ ރައްޔިތެއްކަން ހަމަ އެނގުމާއި އެކު ވަގުތުން އެ ކަންތައް ހުއްޓާލާ ދުރަށް ޖެހުނެވެ. ސިފައިންގެ ކޮމާންޑަރު ވެސް ޕައުލް ބަނދެ އޭނާ ގައިގައި ތެޅުމަށް އެންގުނީތީ ބިރުގަތެވެ.
ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓަށް ގެނެވުން
30 އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.

22‏:5 ބަނީއިސްރާއީލުގެ ދީނީކޯޓު: އީސާގެފާނުގެ ޒަމާނުގައި ބަނީއިސްރާއީލު ވީ ރޯމުސަރުކާރުގެ އަތްދަށުގައެވެ. ނަމަވެސް ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޝަރީއަތްތަށް ކުރުމަށް ވާ ޚާއްސަ ދީނީކޯޓެއް ވިއެވެ. އެކޯޓުގައި ހިމެނެނީ 17 މެމްބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އިމާމުންނާއި، ދީނުގެބޮޑުންނާއި، އެދުރުންނާއި އަދި އުއްތަމަ އިމާމެވެ. ރޯމުސަރުކާރުން މިކޯޓަށް ބަނީއިސްރާއީލު މީހުންގެ މައްޗަށް ބާރުހިންގުމަށް ވަރަށް ބޮޑަށް ވެސް ދޫދީފައިވިއެވެ. ނަމަވެސް މިކޯޓުން މީހުންގެ މައްޗަށް މަރުގެ ޙުކުމް ކުރުމުގެ ހުއްދައެއް ނޯވެއެވެ.

22‏:16 ތައުބާގެ ހިނެވުން: މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ އުރުދުން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. ”ޔަޙުޔާގެފާނު“ ބަލާ.

*22‏:23 ބަނީއިސްރާއީލު މީހުން އެމީހުން ލައިގެން ތިބޭ ގަމީސް ބާލާ މި ގޮތަށް ހޫރަނީ ކުފުރުގެ ބަހެއް އިވިއްޖެނަމަ އެކަމާއި ބިރުގަނެ އެކަމާ އެމީހުން ކުރާ ނަފުރަތު ހާމަކުރުމަށެވެ. އަދި ވެލި އުކަނީ އެމީހުންގެ ރުޅިވެރިކަން ދައްކާ އެކަން ހާމަކުރުމަށެވެ.

22‏:25 ރޯމުސަރުކާރުގެ ރައްޔިތެއް: ރޯމުސަރުކާރުގެ ރައްޔިތެއް ކަމުގައި ވުމަކީ ވަރަށް ބޮޑު ފައިދާ އާއި އިސްކަން ލިބޭ ކަމެކެވެ. އެއީ ރޯމުގެ ސަރުކާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް ރޯމުސަރުކާރުގެ ރައްޔިތަކަށް ވުމުގެ ނަސީބު ލިބިފައި ވަނީ ވަރަށް މަދު މީހަކަށެވެ. ރޯމުސަރުކާރުގެ ރައްޔިތަކާއި މެދު ހެއްކާއި ދަލީލުގެ މައްޗަށް ޝަރީއަތް ކޮށްބަލާ ހެދުމަށް ފަހު ނޫނީ އެއްވެސް އަދަބެއް ދިނުމަކީ މަނާކަމެކެވެ.