20
މެސެޑޯނިޔާއަށާއި އަކޭޔާ އަށް
މި މައްސަލަގަނޑު ހަމަޖެހުމުން ޕައުލް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ފަހު އެމީހުންނަށް އަލްވަދާޢު ކިޔާ އެ ރަށުން ފުރައިގެން މެސެޑޯނިޔާއަށް ދިޔައެވެ. އޭނާ އެ ރަށަށް ދަތުރުކޮށް ދިޔަ މަގު މަތީގައި ވީ ރަށްރަށުގައި ވީ އީމާންވެގެންވީ މީހުންނާ ވެސް ޕައުލް ހިތްވަރު ދިނުމުގެ ބަސްތަކުން ވާހަކަދައްކަމުން ދިޔައެވެ. ދެން އެންމެފަހުން އޭނާ ދިޔައީ ގުރީހަށެވެ. އެ ރަށުގައި ޕައުލް ތިން މަސްދުވަހު މަޑު ކުރިއެވެ. އަދި އެއަށް ފަހު އޭނާ އޮޑިއެއްގައި ސޫރިޔާއަށް ފުރަން ނިންމިއެވެ. ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން ޕައުލް އާއި ދެކޮޅަށް ރޭވުމެއްރޭވިއެވެ. އެހެން ކަމުން ޕައުލް ގަސްތު ކުރީ އެއްގަމު މަގުން މެސެޑޯނިޔާއިން ލާފައި ދަތުރުކޮށް ދިއުމަށެވެ.
އެދަތުރުގައި ޕައުލް އާއިއެކު ދިޔަ މީހުންނަކީ ތިމޮތީ އާއި، ބެރޭއާގެ މީހެއް ކަމުގައި ވީ ޕިއްރުސްގެ ދަރި ސޮއްޕަތެރު އާއި ތިސަލޯނިކާގެ ދެމީހުން ކަމުގައިވީ އަރިސްތާރުކުއާއި، ސެކުންދުސް އާއި، ދެރުބޭގެ މީހެއް ކަމުގައި ވީ ގާޔުސް އާއި، އަދި އާސިޔާގެ ދެމީހުން ކަމުގައި ވީ ތިޚީކުސް އާއި، ތުރޯފިމުސް އެވެ. އެމީހުން އަހަރެމެންގެ ކުރިން ގޮސް ތުރުއަސްގައި އަހަރެމެންނަށް އިންތިޒާރު ކޮށް މަޑު ކުރިއެވެ. ފަހަނަޅައި ދިއުމުގެ ޢީދުގެ ފަހަނަޅައި ދިއުމުގެ ޢީދު: މިއީ ބަނީއިސްރާއީލުގެ މީހުން މިޞްރުގައި ވެފައިވާ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބާ ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ބަކަރި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޯރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ބަކަރި ކަތިލެވޭ ސަބަބަކީ އެމީހުން މިޞްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިޞްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިޞްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިބަކަރި އެއް ޤުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާން ކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިޞްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ.މުނާސަބަތު ފާހަގަ ކޮށް ނިމުމުން އަހަރެމެން ފިލިއްޕީއިން ފުރައިގެން ފަސް ދުވަހުގެ ދަތުރަކަށް ފަހު ތުރުއަސްއަށް ގޮސް އެމީހުންނާއި ބައްދަލު ކުރީމެވެ. އެ ރަށުގައި އަހަރެމެން އެއް ހަފްތާ މަޑު ކުރީމެވެ.
ތުރުއަސް އަށް ޕައުލް ކުރި އެންމެފަހު ދަތުރު
އަހަރެމެން މާތްސާހިބު އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން މާތްސާހިބު އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން: މިއީ އީސާގެފާނު އެކަލޭގެފާނުގެ ހަށިކޮޅު ޤުރުބާންކޮށް ލޭފޮދު އޮހޮރާ އިންސާނުންގެ، ފާފައިގެ ކައްފާރާއެއްގެ ގޮތުގައި މަރުވެ ދިޔަދިޔުން ހަނދުމަކުރުމަށްޓަކާ އެކަލޭގެފާނަށް އީމާންވާ މީހުން ކުރާކަމެކެވެ. އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ހަލާކުވެދިޔަކަން ހަނދުމަކުރުމަށްޓަކާ އެމީހުންގެ މެދުގައި ބޯރޮއްޓެއް ބައިބައިކޮށް ބަހާލާ އަދި އޮހޮރިދިޔަ އެކަލޭގެފާނުގެ ލޭފޮދުގެ މަތިން ހަނދާން ކުރުމަށްޓަކާ މޭބިސްކަދުރުގެ ދިޔަ ބޮއިހަދައެވެ. ކެއުމަށް އާދީއްތަ ވިލޭރޭ ބައްދަލުވީމެވެ. އެ ބައްދަލުވުމުގައި ޕައުލް އެންމެންނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އަދި އޭނާ އަނެއްދުވަހު ފުރާތީ އާއިއެކު މެންދަން ވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެމެން އެއްވެތިބި ގޭގެ މަތީ ބުރީގައިވާ ކޮޓަރީގައި އެތައް ބައްތިތަކެއް ދިއްލިފައި ވިއެވެ. އެއުތީކުސް އޭ ކިޔުނު ޒުވާން ފިރިހެނަކު ކުޑަދޮރެއްގެ ކައިރީގައި އިނެވެ. މީނާ ޕައުލްގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ. ގިނަ އިރުވަމުން ދިޔަ ވަރަކަށް އޭނާ ކައިރިއަށް ނިދިއައެވެ. އަދި އެންމެފަހުން ނިދިއައިލެއް ގަދަކަމުން އޭނާއަށް ފުންކޮށް ނިދުނެވެ. އަދި އޭނާ އިނީ ކުޑަދޮރުގެ ކާރީގައި ކަމުން ނިދިގެން އޭނާ ތިން ބުރި މަތިން ތިރިއަށް ވެއްޓުނެވެ. މީހުންތައް ދުވަމުން ތިރިއަށް ގޮސް އޭނާ ނެގިއިރު އޭނާ ވަނީ މަރުވެފައެވެ. 10 ޕައުލް ތިރިއަށް ގޮސް އޭނާގެ ކައިރީ އިށީނދެ އެ ޒުވާނާ ނަގާ އޭނާގެ ގައިގައި ބައްދާލިއެވެ. އަދި އެތާނގައި ވީ މީސްތަކުންނަށް ޕައުލް ބުންޏެވެ. ”ދެރަނުވޭ. އޭނާ މަރެއްނުވޭ.“ 11 ދެން އެ އެންމެން އަނެއްކާވެސް ގޭގެ މަތީބުރިއަށް ދިޔައެވެ. އަދި އެތާނގައި އެންމެން އެކުގައި އީސާގެފާނުގެ މަތިން ހަނދުމަކުރުމަށް ކާ ކެއުން ކެއެވެ. ދެން އެއަށް ފަހު އަނެއްކާ ވެސް ޕައުލް އެމީހުންނާއި ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ. މިގޮތުން ފަތިސް ވަންދެން ވާހަކަދެއްކުމަށް ފަހު ދެން ޕައުލް އެނބުރި ދިޔައެވެ. 12 ދެން އެމީހުން އެ ވެއްޓުނު ޒުވާނާ އޭނާގެ ގެއަށް ގެންދިޔައެވެ. އޭނާ ދިރިހުރި ތަން ދެކެ އެއެންމެން ވެސް އުފާކުރިއެވެ.
ތުރުއަސް އިން މިލޭތުސްއަށް
13 އަހަރެމެން ޕައުލްގެ ކުރިން އޮޑިއެއްގައި އައްސޯސްއަށް ދިޔައީމެވެ. ޕައުލް އެންގީ އޭނާ އެ ރަށުން އަހަރެމެންނާއި ބައްދަލުކޮށް ދެން އެކުގައި އޮޑީގައި ދަތުރު ކުރާނެ ކަމުގައެވެ. ޕައުލް މި ގޮތަށް ހަމަޖެއްސި ސަބަބަކީ އޭނާ ބޭނުންވީ އަސޯސްއަށް އެއްގަމު މަގުން ދިއުމަށެވެ. 14 ޕައުލް ހަމަޖެއްސި ފަދައިން އެ ރަށުގައި އަހަރެމެންނާއި ބައްދަލު ކުރިއެވެ. އަދި އަހަރެމެން އެންމެން އެކުގައި އޮޑިއެއްގައި ދިޔައީ މިތިލޭނެއަށެވެ. 15 ޖެހިގެން އައި ދުވަހު އަހަރެމެން ކީޔޮސް އޭ ކިޔުނު ރަށް ފަހަނައަޅާ ދަތުރުކޮށް ދިޔައީމެވެ. އަދި އަނެއް ދުވަހު އަހަރެމެން ސާމޮސް އޭ ކިޔުނު ރަށާއި އަރާ ހަމަވިއެވެ. ދެން އޭގެ އެއްދުވަސް ފަހުން އަހަރެމެން މިލޭތުސްއަށް ލެފީމެވެ. 16 ޕައުލް ގަސްތު ކުރީ މި ފަހަރު އެފޭސުސްއަށް ނުދިއުމަށެވެ. އެއީ އިތުރަށް އާސިޔާގައި ދުވަސް ހޭދަ ނުކުރަން ވެގެންނެވެ. ޕައުލް ޖެރޫސަލަމަށް އެނބުރި އައުމަށް ވަނީ ނުތަނަވަސް ވެފައެވެ. އެއީ ގޮވާންކެނޑުމުގެ ޢީދު ގޮވާންކެނޑުމުގެ ޢީދު: މިއީ ޝުކުރު އަދާ ކުރުމުގެ ގޮތުން ބަނީއިސްރާއީލު މީހުން ފާހަގަކުރާ ޢީދެކެވެ. މިޢީދު ފާހަގަ ކުރެވެނީ މިންޖުވުން ފާހަގަކުރާ ޢީދަށް ފަހު ހަތް ހަފްތާ ފަހުންނެވެ. އީސާގެފާނުގެ ދުވަސްވަރު ބަނީއިސްރާއީލު މީހުން މިޢީދު ފާހަގަ ކުރަނީ ސީނީނު ފަރުބަދައިގައި މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި އަމުރުފުޅުތަށް ހަދުމަކޮށް އެކަމުގެ ޒިކުރާ ފާޅުކުރުމަށް ޓަކައެވެ. މާތްރަސްކަލާނގެ އީސާގެފާނުގެ މަންދޫބުންގެ މައްޗަށް އެންމެ ފުރަތަމަ ފަހަރު މާތްރޫޙުފުޅު ފޮނުއްވީ ވެސް ހަމަ މިޢީދުގެ ދުވަހެއްގައެވެ. އެހެންކަމުން އީސާގެފާނަށް އީމާންވާ އެންމެހާ މީސްތަކުން މާތްރޫޙުފުޅު ދެއްވި ކަމުގެ ޝުކުރު އަދާކުރުމުގެ މިޢީދު ފާހަގަކުރެއެވެ. ފާހަގަ ކުރަންވާ އިރަށް ޖެރޫސަލަމަށް އާދެވޭތޯއެވެ.
އެފޭސުސްގެ ޖަމާޢަތުގެ ވެރިންނަށް ޕައުލް ދިން އަލްވަދާއުގެ ތަޤުރީރު
17 އެކަމަކު އަހަރެމެންނަށް މިލޭތުސްއަށް އާދެވުމާއިއެކު ޕައުލް އެފޭސުސްގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ ބޮޑުންނަށް ޚަބަރު ފޮނުވާ މިލޭތުސް އަށް ޕައުލް އާއި ބައްދަލު ކުރުމަށް އައުމަށް އެދުނެވެ. 18 އެމީހުން އައުމުން ޕައުލް އެމީހުންނާއި މުޚާޠަބު ކޮށް ބުންޏެވެ.
”އަހަރެން ފުރަތަމަ އާސިޔާގެ ސަރަހައްދަށް އައި ދުވަހުން ފެށިގެން ކަލޭމެންގެ ގާތުގައި މިވީހާދުވަހު، އަހަރެން ކަންކުރަމުންއައި ގޮތް ކަލޭމެން ވެސް ރަނގަޅަށް ދަންނާނެ.
19 ބަނީއިސްރާއީލު މީހުން އަހަރެންނާއި ދެކޮޅަށް ރާވަމުން ދިޔަ އެތައް ރޭވުންތަކެއްގެ ސަބަބުން އަހަރެންނަށް އެތައް ވޭނަކާއި އުނދަގުލެއް ލިބެމުން ދިޔަ ނަމަވެސް އެހުރިހާ ކަމަކަށް ކެތްކޮށް އަދި ހިތްމޮޅުވުމެއްނެތި އެތައް ކަރުނައަކާއި އެކު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި މަގުން ކަން ކުރިން. 20 އަދި ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެން ދުވަހަކު ވެސް އެންމެންގެ ކުރިމަތީގައި ވިޔަސް އަދި މީސްމީހުންގެ ގޭގައި ނަމަވެސް އީސާގެފާނާއި ބެހޭ ތެދު ޚަބަރުތައް ސީދަލަށް ކިޔާދީ އަންގައިދިނުމަކަށް ދުވަހަކު ވެސް ފަހެއް ނުޖެހެން. 21 އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް. 22 އަދި މިހާރު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެންގެވުމަށް ކިޔަމަންވުމުގެ ގޮތުން އަހަރެން މި ދަނީ ޖެރޫސަލަމަށް. ނަމަވެސް އެ ރަށުގައި އަހަރެންނާއި ދޭތެރޭ ކަންތައް ވާނީ ކިހިނަކުން ކަމެއް އެއްގޮތަކަށް ވެސް އަހަރެންނަކަށް ނޭނގެ. 23 އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން ދާކޮންމެ ރަށެއްގައި ވެސް އުނދަގޫތަކާއި ދިމާވެ އަދި ޖަލަށް ވެސް ލެވޭނެކަން މާތްރޫޙުފުޅު އަހަރެންނަށް އަބަދު ވެސް އަންގަވާ.
24 އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރާއި އެކަލާނގެ މަތިވެރި ރަޙުމަތްފުޅުގެ ރަޙުމަތްފުޅު: މިއީ މާތްރަސްކަލާނގެ ހަދިޔާއެއްގެ ގޮތުގައި އެއްވެސް އުޒުރެއް އަދި ސަބަބެއް ނެތި ދެއްވާ ބަރަކާތާއި ރަހުމަތްފުޅެވެ. ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން. 25 އަހަރެން ކަލޭމެން އެންމެންނަށް ވެސް މާތްރަސްކަލާނގެ ރަސްކަންފުޅާއިމެދު އަންގައިދިނީން. ނަމަވެސް މިއަދު މިއީ އަހަރެންނަށް ކަލޭމެން ފެންނާނެ އެންމެ ފަހު ދުވަސް. 26 އެހެންވީމާ އަހަރެން މިއަދު މިބުނާ ބަހުގެ އަޑުއަހާ. މިއަދުން ފެށިގެން ކަލޭމެންގެ ތެރެއިން މީހަކު މާތްރަސްކަލާނގެ މަގުން އެއްކިބާވެ ހިނގައްޖެ ނަމަވެސް އެއީ އަހަރެންގެ ބޮލުގައި އެޅޭނެ ޒިންމާއެއް ނޫން. 27 އެއީ މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާއި މެދު ކަލޭމެންނަށް އަންގަވަން އެދިވޮޑިގެންވީ ހުރިހާ އެއްޗެއް އަހަރެން ކަލޭމެންނަށް އަންގައިދިނީން.
28 އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފުސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު. 29 މާތްރަސްކަލާނގެ އެންގެވި ތެދުމަގު އޮޅުވާލުމަށް ތަފާތު އެއްޗެތި ކިޔަވާދޭނެ މީހުން އަހަރެން ހަމަ ދާއިރަށް މިނިކާވަގުތަކެއް ފަދައިން ކަލޭމެންގެ ތެރެއަށް އަންނާނެ ކަން އަހަރެންނަށް ރަނގަޅަށް އެނގޭ. އަދި މުޅި ޖަމާޢަތް ވެސް އެމީހުންގެ ވަކިތަކުގައި ނުޖެހި ސަލާމަތެއް ނުވާނެ. 30 އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.
31 އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ. 32 މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ރަޙުމަތްފުޅުގެ ރަޙުމަތްފުޅު: މިއީ މާތްރަސްކަލާނގެ ހަދިޔާއެއްގެ ގޮތުގައި އެއްވެސް އުޒުރެއް އަދި ސަބަބެއް ނެތި ދެއްވާ ބަރަކާތާއި ރަހުމަތްފުޅެވެ. އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ. 33 އަހަރެން ދުވަހަކު ވެސް އެއްވެސް މީހެއްގެ ލާރިއަކަށް ނުވަތަ އެއްޗިއްސަށް އެދި ކަމެއް ނުކޮށްދެން. 34 ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން، އަހަރެންގެ ބޭނުންތަކަށާ އަދި އަހަރެންނާއި އެކުވީ މީހުންގެ ބޭނުންތަކަށް ފައިސާ ހޯދުމަށް، އަހަރެންގެ މިދެއަތުން އަބަދު ވެސް އަހަރެން މަސައްކަތް ކުރީން. 35 އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.‘ “
36 ޕައުލް މި ވާހަކަތައް ދެއްކުމަށް ފަހު ކަކޫމައްޗަށް ތިރިވެ އެމީހުންނާއި އެކު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރިއެވެ. 37 އެމީހުން ޕައުލް އާއި އަލްވަދާޢު ކިއުމަށް އައިސް ސަލާންކޮށް ގިސްލާ ރުޔެވެ. 38 އެއީ ދެން ދުވަހަކު ވެސް އެމީހުންނަށް ޕައުލް އާއި ބައްދަލު ނުވާނެ ވާހަކަ އިވުމުންނެވެ. ދެން އެމީހުން ޕައުލް އާއި އެކު އޭނާ ފުރާ އޮޑީގެ ކައިރިއަށް ދިޔައެވެ.

20‏:6 ފަހަނަޅައި ދިއުމުގެ ޢީދު: މިއީ ބަނީއިސްރާއީލުގެ މީހުން މިޞްރުގައި ވެފައިވާ އަޅުވެތިކަމުން މާތްރަސްކަލާނގެ އެމީހުން މިންޖުކޮށްދެއްވި މުނާސަބާ ފާހަގަ ކޮށް އެކަންތަކުގެ ހަނދާން އާކުރުމަށްޓަކާ ފާހަގަކުރެވޭ ޢީދެކެވެ. މިޢީދުގައި ކުރެވޭ އެންމެ މުހިންމު އެއްކަމަކީ އެޢީދުގައި ކޮންމެ އާއިލާއަކުން ވެސް ޤުރުބާނެއްގެ ގޮތުގައި ކަތިލެވޭ ޅަ ކަންބަޅި ބަކަރި ކަތިލެވޭ ކަތިލެވުމެވެ. މީގެ މަސް ފިހުމަށް ފަހު އެއާއެކު އެޢީދުގައި އެމީހުން ކަނީ ކަމީރު ނުލާ ފިހެވިފައިވާ ބޯރޮއްޓާއި އަދި ހިތި ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. މިޢީދުގައި ކަންބަޅި ބަކަރި ކަތިލެވޭ ސަބަބަކީ އެމީހުން މިޞްރުގައި އަޅުވެތިވެފައި ވީ ހިނދު މޫސާގެފާނު މިޞްރުގެ ރަސްގެފާނަށް އެތަކެއް ފަހަރު ދެންނެވުމުން ވެސް އެމީހުން މިނިވަން ކޮށްނުދިނުމުން މާތްރަސްކަލާނގެ މިޞްރުގެ މައްޗަށް ކޯފާއެއް ފޮނުއްވިއެވެ. އެއީ މާތްރަސްކަލާނގެ މަރުގެ މަލާއިކަތާ ފޮނުއްވާ އެޤައުމުގެ އެންމެހާ މީސްތަކުންގެ އެންމެ ދޮށީފިރިހެން ދަރިފުޅުގެ ފުރާނަ ގެންދެވުމެވެ. އެފަދައިން ކަންހިނގި ރޭގެ ކުރިން މޫސާގެފާނު މެދުވެރިކޮށް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވީ ކަނބަޅިބަކަރި އެއް ޤުރުބާންކޮށް އޭގެ ލޭ އެގެއެއްގެ ދޮރުގައި ހޭކިފައިވާ ގެއަކަށް މަރުގެމަލާއިކަތާ ނުފޮނުއްވޭނެ ކަމުގައެވެ. އަދި ހިތިރަހަލާ ފަތްޕިލާވެލި އެޢީދުގައި ބޭނުން ކުރެވެނީ އަޅުވެތިކަމުގެ ދުވަސްތަކުގެ ހިތާމަތަކާއި ވޭން ހަނދާން ކުރުމަށްޓަކައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަބަދުގެ އަބަދަށް ޝުކުރުކޮށް ކިޔަމަން ވުމަށް ހަނދާން ކުރުމަށްޓަކައެވެ. ބަނީއިސްރާއީލުގެ މީހުން މިޢީދު ފާހަގަކުރަނީ އެމީހުން މިޞްރުގައި އަޅުވެތިވެފައިވީ އަޅުވެތިވުމުން މާތްރަސްކަލާނގެ އެމީހުން ސަލާމަތްކޮށް ދެއްވި ކޮށްދެއްވުން އަބަދުގެ އަބަދަށް ހަދާންކޮށް އެކަން ފާހަގަކުރުމަށްޓަކައެވެ. މިޢީދަށް ހިބުރޫ ބަހުން ކިޔެނީ ޕަސާޙް އެވެ.

20‏:7 މާތްސާހިބު އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން: މިއީ އީސާގެފާނު އެކަލޭގެފާނުގެ ހަށިކޮޅު ޤުރުބާންކޮށް ލޭފޮދު އޮހޮރާ އިންސާނުންގެ، ފާފައިގެ ކައްފާރާއެއްގެ ގޮތުގައި މަރުވެ ދިޔަދިޔުން ހަނދުމަކުރުމަށްޓަކާ އެކަލޭގެފާނަށް އީމާންވާ މީހުން ކުރާކަމެކެވެ. އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ހަލާކުވެދިޔަކަން ހަނދުމަކުރުމަށްޓަކާ އެމީހުންގެ މެދުގައި ބޯރޮއްޓެއް ބައިބައިކޮށް ބަހާލާ އަދި އޮހޮރިދިޔަ އެކަލޭގެފާނުގެ ލޭފޮދުގެ މަތިން ހަނދާން ކުރުމަށްޓަކާ މޭބިސްކަދުރުގެ ދިޔަ ބޮއިހަދައެވެ.

20‏:16 ގޮވާންކެނޑުމުގެ ޢީދު: މިއީ ޝުކުރު އަދާ ކުރުމުގެ ގޮތުން ބަނީއިސްރާއީލު މީހުން ފާހަގަކުރާ ޢީދެކެވެ. މިޢީދު ފާހަގަ ކުރެވެނީ މިންޖުވުން ފާހަގަކުރާ ޢީދަށް ފަހު ހަތް ހަފްތާ ފަހުންނެވެ. އީސާގެފާނުގެ ދުވަސްވަރު ބަނީއިސްރާއީލު މީހުން މިޢީދު ފާހަގަ ކުރަނީ ސީނީނު ފަރުބަދައިގައި މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި އަމުރުފުޅުތަށް ހަދުމަކޮށް އެކަމުގެ ޒިކުރާ ފާޅުކުރުމަށް ޓަކައެވެ. މާތްރަސްކަލާނގެ އީސާގެފާނުގެ މަންދޫބުންގެ މައްޗަށް އެންމެ ފުރަތަމަ ފަހަރު މާތްރޫޙުފުޅު ފޮނުއްވީ ވެސް ހަމަ މިޢީދުގެ ދުވަހެއްގައެވެ. އެހެންކަމުން އީސާގެފާނަށް އީމާންވާ އެންމެހާ މީސްތަކުން މާތްރޫޙުފުޅު ދެއްވި ކަމުގެ ޝުކުރު އަދާކުރުމުގެ މިޢީދު ފާހަގަކުރެއެވެ.

20‏:24 ރަޙުމަތްފުޅު: މިއީ މާތްރަސްކަލާނގެ ހަދިޔާއެއްގެ ގޮތުގައި އެއްވެސް އުޒުރެއް އަދި ސަބަބެއް ނެތި ދެއްވާ ބަރަކާތާއި ރަހުމަތްފުޅެވެ.

20‏:32 ރަޙުމަތްފުޅު: މިއީ މާތްރަސްކަލާނގެ ހަދިޔާއެއްގެ ގޮތުގައި އެއްވެސް އުޒުރެއް އަދި ސަބަބެއް ނެތި ދެއްވާ ބަރަކާތާއި ރަހުމަތްފުޅެވެ.