17
ތިސަލޯނިކާގައި
ޕައުލް އާއި ސިލާހު އަންފީޕޮލިސް އާއި އަޕޮލޯނިޔާގެ ތެރެއިން ދަތުރުކޮށް ގޮސް ތިސަލޯނިކާއަށް ދިޔައެވެ. އެ ރަށުގައި ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒެއް ވިއެވެ. 2‏-3 ޕައުލް އަބަދުވެސް ސަބަތުގެ ދުވަހު ސަބަތުގެ ދުވަސް: މިދުވަހަކީ ބަނީއިސްރާއީލުގެ މީހުންގެ ހަފްތާގެ ހަތްވަނަ ދުވަހެވެ. ސަބަތުގެ ދުވަސް ފެށެނީ ހުކުރު ދުވަހުގެ އިރު އޮއްސުމުންނެވެ. ހިބްރޫ ބަހުން ސަބަތުގެ މާނައަކީ އަރާމު ކުރުމުގެ ދުވަހެވެ. ނުވަތަ މަސައްކަތް ހުއްޓާލުމުގެ ދުވަހެވެ. މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ މީސްތަކުންނަށް އެންގެވި ޚާއްސަ ދިހަ އަމުރުފުޅުގެތެރެއިން އެއްއަމުރުފުޅަކީ ސަބަތުގެ ދުވަހަށް ޙުރުމަތްތެރިކޮށް ހިތާ އެދުވަސް ފާހަގަ ކުރުމެވެ. މިދުވަހު މީސްތަކުން އެބައިމީހުންގެ އާދައިގެ މަސައްކަތްތައް ވެސް ކުރުމުން ދުރުވެއެވެ. އެދުވަހު އެމީހުން އަޅުކަން ކުރުމަށް އެއްވުމާއި މާތްރަސްކަލާނގެ ކިބަފުޅާ މެދު ހަނދުމަ ކުރުމުގައި ހޭދަކުރެއެވެ. ނަމަވެސް ދީނުގެ ދަންނަބޭކަލުން ސަބަތުގެ ދުވަހާއި ބެހޭ އެތައް އާދަކާދަތަކެއް އުފައްދާ އޭގެ ބޮޑު ތަފްސީލެއް އެކަށަ އެޅީ މޫސާގެފާނުގެ ޒަމާނުގެ ފަހުންނެވެ. ކަންތައް ކުރާ އާދައިގެ މަތިން ޖެހިގެން އައި ސަބަތު ދުވަހު ވެސް އޭނާ އެ ދީނީ މަރުކަޒަށް ދިޔައެވެ. އަދި މި ގޮތުގެ މަތިން ތިން ސަބަތު ވަންދެން އޭނާ އެތަނުގައި މީސްތަކުންނާއި ވާހަކަދައްކާ ހެދިއެވެ. ޕައުލް މާތްރަސްކަލާނގެ ބާވައިލެއްވިގެންވާ ފޮތްތަކުގެ ބައިތަކުން ކިޔާދީ މީސްތަކުންނަށް ބަޔާންކޮށް އަންގައިދިނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙުއަށް އަނިޔާލިބި މަރުވުމަށް ފަހު އަލުން ދިރުއްވޭނެ ކަމުގައެވެ. ޕައުލް އެމީހުންނަށް ބުންޏެވެ. ”އަހަރެން ކަލޭމެން ގާތު އެބޭކަލެއްގެ ވާހަކަ މިބުނި އީސާގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި އަލްމަސީޙު.“
މި ވާހަކަތައް އަޑު އެހި ބަޔެއް ބަނީއިސްރާއީލު މީހުން ގަބޫލުކޮށް އީމާންވެ ޕައުލް އާއި ސިލާހު އާއި ބައިވެރިވިއެވެ. އަދި ގިނަ އަދަދެއްގެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އެ ރަށުގެ އެތައް ކަމުވޮށި ވެގެންވީ އަންހެނުންނެއް ވެސް އީމާންވިއެވެ. ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ. ނަމަވެސް އެގެއިން ވެސް އެމީހުން ނުފެނުމުން ދެން މި ޖޭސަން އާއި އަދި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ ބަޔަކު ގަދަކަމުން އެ ރަށުގެ ވެރިންގެ ކުރިމައްޗަށް ގެނެސް އެމީހުން ބުންޏެވެ. ”މި ރަށަށް އައިސް އެ އުޅޭ ޕައުލް އާއި ސިލާހު އަކީ މުޅި މި ހިސާބުގަނޑުގެ ރަށްތަކުގައި ހަމަނުޖެހުން އުފައްދަމުންދާ ބަޔެކެވެ. މިހާރު އެމީހުން އަހަރެމެންގެ ރަށަށް ވެސް އަތުވެއްޖެ. އެމީހުން ތިބެނީ މި ޖޭސަންގެ ގޭގަ. މި އެންމެން ވެސް ރޯމުގެ ރަސްގެފާނާއި ދެކޮޅަށް ކަންތައް ކުރަމުން ގެންދޭ. އެމީހުން ބުނާ ގޮތުގައި އެމީހުންގެ ރަސްގެފާނަކީ އީސާއޭ ނަމަކަށް ކިޔޭ މީހެކޭ.“
މި ބަސްތައް އަޑު އިވުމުން އެ ރަށުގެ ވެރިންނާއި އަދި އެތާނގައި ވީ މީސްތަކުން ވަރަށް ކަންބޮޑުވެ ރުޅިއައެވެ. ދެން އެމީހުން ޖޭސަން އާއި އަދި އެހެން ވެސް އެތަނަށް ގެނެވުނު އީސާގެފާނަށް އީމާންވެގެން ތިބިމީހުން ރަހުނުގެ ގޮތުގައި ވަކި ވަރަކަށް ލާރި ދައްކަން އަންގާ އެލާރި ދިނުމުން އެމީހުން ދޫކޮށްލިއެވެ.
ބެރޭއާގައި
10 ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.
11 ތިސަލޯނިކާގައިވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައިވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ. 12 މި ރަށުގެ ބަނީއިސްރާއީލު މީހުންގެ އެތައް ބަޔަކު އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި ގުރީކުގެ ކަމުދަނިވެގެންވާ އެތައް އަންހެނުންނަކާ ފިރިހެނުންނެއް ވެސް އީމާންވިއެވެ. 13 ނަމަވެސް ތިސަލޯނިކާގެ ބަނީއިސްރާއީލު މީހުންނަށް ޕައުލް ބެރޭއާގައި މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަންގައިދިން ކަން އެނގުމުން އެ ރަށަށް ވެސް އައިސް އެ ރަށުގައި ވެސް މީސްތަކުންގެ މެދުގައި ހަމަ އެގޮތަށް ހަމަނުޖެހުން އުފެއްދިއެވެ. 14 ދެން އީސާގެފާނަށް އީމާންވެގެންވީ މީހުން އަވަސް އަވަހަށް ޕައުލް ބަނދަރުމަތީ ރަށަކަށް ފޮނުވާލިއެވެ. ނަމަވެސް ސިލާހު އާއި ތިމޮތީ ބެރޭއާގައި މަޑު ކުރިއެވެ.
15 ޕައުލް ގޮވައިގެން މިދިޔަ މީހުން އޭނާއާއި އެކު އަތެންސް އާއި ހަމައަށް ދިއުމަށް ފަހު އެނބުރި ބެރޭއާ އަށް އައެވެ. އެމީހުން އައިސް ސިލާހު އާއި ތިމޮތީ ވީހާ ވެސް އަވަހަކަށް ޕައުލް ހުރިތަނަށް އައުމަށް އެންގި ކަމުގެ ޚަބަރު އެމީހުންނަށް ދިނެވެ.
އަތެންސްގައި
16 ޕައުލް އަތެންސްގައި ސިލާހު އާއި ތިމޮތީ އަންނަންދެން މަޑު ކުރި މަޑު ކުރުމުގައި އެ ރަށް ފުރެންދެން ވާ ބުދުގެ ކަލާނގެ ތަން ފެނުމުން ހިތްނުތަނަވަސްވެ ކަންބޮޑުވިއެވެ. 17 ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.
18 އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ ފަލްސަފާވެރިން: ފަލްސަފާވެރިންނަކީ ވިސްނުމުގެ ސައިންސުގެ މާހިރުންނެވެ. ގުރީކު މުޖުތަމައިގައި މިފަދަ މީހުންނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރެވެއެވެ. އެހެން ކަމުން އެދުވަސްވަރުގެ ފަލްސަފާވެރިންނަކީ ވަރަށް ކިބުރުވެރި ބަޔަކު ކަމުގައިވިއެވެ. އެމީހުންނަކީ ބަހުސްކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބަޔެކެވެ. މިފޮތުގައި ބަޔާންވެގެންވާ ފަލްސަފާވެރިންގެ ދެބައެއް ވެއެވެ. އޭގެން އެއްބަޔަކަށް ކިޔެނީ އެޕިކުރިއަންސު އެވެ. މިމީހުންނަކީ އުފަލާ އަރާމު ތަކުގެ މުހިންމުކަން ފަލްސަފާ ކުރާބަޔެކެވެ. އަނެއްބައިގެ ނަމަކީ ސުޓޮއިކުސް އެވެ. މިމީހުންނަކީ އަމިއްލަ ނަފުސުގެ މައްޗަށް ބާރުހިންގުމުގެ ފަލްސަފާ ކުރާބަޔެކެވެ. އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ. 19 ދެން މިމީހުން ޕައުލް އެ ރަށުގެ އަރެއޮޕާގުސް ދަރުބާރަށް އައުމަށް އެދި ދައުވަތުދީ މިފަދައިން ބުންޏެވެ. ”ޕައުލް ކަލޭތިޔަ ކިޔަވާ ދެމުން ގެންދާ ވާހަކަތަކުގެ އަޑު އެހުމަށް އަހަރެމެން ވެސް ބޭނުން. 20 ތިޔަ ދައްކާ ބައެއް ވާހަކަތަކަކީ އަހަރެމެން އަދި ދުވަހަކު ވެސް އަހާފައި ނުވާ އާ ވާހަކަތަކެއް. އެހެން ކަމުން އޭގެ މާނައަކީ ކޮބައިކަން ބަލަން އަހަރެމެން ބޭނުން.“ 21 (އެމީހުން މިހެން ބުނި ކަމަކީ އެއީ އަތެންސްގެ މީހުންނާއި އެ ރަށުގައި އުޅޭ ބޭރުމީހުން ވެސް އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ކުރާހިތްވާ ކަމަކީ އާ ކަންތައްތައް ހޯދާ ބެލުމެވެ.)
22 ދެން ޕައުލް އެމީހުންގެ މެދަށް ކޮޅަށް ތެދުވެ އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ. ”އަތެންސްގެ މީހުންނޭ، ތިޔަބައިމީހުންނަކީ ހުރިހާ ކަމެއްގައި ވެސް ވަރަށް ދީންވެރިބައެއް ކަން އަހަރެންނަށް ފާހަގަ ކުރެވޭ. 23 އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެ ތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީން. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީން. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބޭ. އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުން. 24 މި ކަލާނގެއަކީ ދުނިޔެއާއި ދުނިޔޭގައި ވާނަމަ ވާހާތަކެއްޗެއް ހެއްދެވި ކަލާނގެ. އެކަލާނގެއަކީ އުޑާއި ބިމުގެ ވެރިސާހިބުވަންތަ ކަލާނގެ. އެކަލާނގެ ވޮޑިގެންވަނީކީ އިންސާނުން ބިނާކޮށްފައި ވާ އިމާރާތްތަކަކު ނޫން. 25 އެކަލާނގެ އެއްވެސް ފަރާތަކަށް އަދި އެއްވެސް މީހެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެނެއް ނުވޭ. އެއީ ހުރިހާ އެންމެންނަށް ދިރުމާއި ނޭވާއާއި އަދި ވެސް ބޭނުންވާ ހުރިހާއެއްޗެއް ދެއްވަނީ އެކަލާނގެ. 26 އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވި. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފަ. 27 އެކަލާނގެ މި ފަދައިން ކަންތައް ކުރެއްވީ އޭރުން ހުރިހާ ޤައުމެއްގެ އެންމެހާ އިންސާނުން ވެސް އެކަލާނގެއަކީ ކޮބާ ތޯ ހޯދާ ބަލާ އެމީހުންނާއި އެކަލާނގެއާއި ދެމެދު ގުޅުން ޤާއިމު ކޮށް އެކަލާނގެ އާއި ވީ މަގަށް ހުރިހާ އިންސާނުން ވެސް އައުމަށް އެދިވޮޑިގެންވާތީ. އަދި ތެދަކީ ވެސް އެކަލާނގެ އަބަދުމެ ވޮޑިގެންވަނީ އެންމެ ހާ މީސްތަކުންނާއި ވަރަށް ގާތުގަ.
28 އަދި ހަމަ ތިޔަބައިމީހުންގެ ޅެންވެރިން ބުނެފައިވާ ފަދައިން ’އަހަރެމެން ދިރި މި ވަނީ އަދި ހިނގާބިނގާވެ މި އުޅެނީ އަދި ހަމަ އަހަރެމެން އުފަންވީ ވެސް ޚުދު އެކަލާނގެ ބާރުފުޅުންނޭ. އަހަރެމެންނަކީ އެކަލާނގެ ދަރިންނޭ.‘ 29 އަހަރެމެންނަކީ އެކަލާނގެ ދަރިންނަށް ވީއިރު އަހަރެމެން އެކަލާނގެއަކީ ރަނާއި ރިއްސާއި ހިލައިން އަތްތެރިކަމަށް ކުޅަދާނަ މީހުން ހަދާފައިވާ ބުދެއް ކަމުގައި ދެކިގެން ނުވާނެ. 30 މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށް. 31 އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފި. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނު. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފި.“
32 ޕައުލް މަރުވެފައިވީ މީހަކު އަލުން ދިރުވުނު ވާހަކަ ބުނި އަޑު އެތާނގައި ވީ މީހުންނަށް އިވުމުން އެތަނުން ބަޔަކު ހޭންފެށިއެވެ. ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”ކަލޭގެ ވާހަކަތައް އަޑު އަހަން އަހަރެމެން އެދެން. ވީމާ އެހެން ދުވަހަކު އަދި އަހަރެމެން ކަލެއާއި ބައްދަލު ކުރަން ބޭނުން.“ 33 ދެން ޕައުލް އަރެއޮޕާގުސް ދަރުބާރުން ދިޔައެވެ. 34 ނަމަވެސް އެތަނުގައި ވީ ބައެއް މީހުން ޕައުލްގެ ވާހަކަތައް އަހާ އީމާންވިއެވެ. އޭގެ ތެރެއިން އެކަކީ އެރަށުގެ ވެރިންގެ ތެރެއިން ވީ ދިޔޮނީސް އޭކިޔުނު މީހެކެވެ. އަދި އޭގެ އިތުރުން އެރަށުގެ ދަމަރީސްއޭ ކިޔުނު އަންހެނަކާއި އެހެންވެސް އިތުރު ބަޔަކު ޕައުލްގެ ވާހަކަތައް އަހާ އީމާންވިއެވެ.

17‏:2‏-3 ސަބަތުގެ ދުވަސް: މިދުވަހަކީ ބަނީއިސްރާއީލުގެ މީހުންގެ ހަފްތާގެ ހަތްވަނަ ދުވަހެވެ. ސަބަތުގެ ދުވަސް ފެށެނީ ހުކުރު ދުވަހުގެ އިރު އޮއްސުމުންނެވެ. ހިބްރޫ ބަހުން ސަބަތުގެ މާނައަކީ އަރާމު ކުރުމުގެ ދުވަހެވެ. ނުވަތަ މަސައްކަތް ހުއްޓާލުމުގެ ދުވަހެވެ. މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ މީސްތަކުންނަށް އެންގެވި ޚާއްސަ ދިހަ އަމުރުފުޅުގެތެރެއިން އެއްއަމުރުފުޅަކީ ސަބަތުގެ ދުވަހަށް ޙުރުމަތްތެރިކޮށް ހިތާ އެދުވަސް ފާހަގަ ކުރުމެވެ. މިދުވަހު މީސްތަކުން އެބައިމީހުންގެ އާދައިގެ މަސައްކަތްތައް ވެސް ކުރުމުން ދުރުވެއެވެ. އެދުވަހު އެމީހުން އަޅުކަން ކުރުމަށް އެއްވުމާއި މާތްރަސްކަލާނގެ ކިބަފުޅާ މެދު ހަނދުމަ ކުރުމުގައި ހޭދަކުރެއެވެ. ނަމަވެސް ދީނުގެ ދަންނަބޭކަލުން ސަބަތުގެ ދުވަހާއި ބެހޭ އެތައް އާދަކާދަތަކެއް އުފައްދާ އޭގެ ބޮޑު ތަފްސީލެއް އެކަށަ އެޅީ މޫސާގެފާނުގެ ޒަމާނުގެ ފަހުންނެވެ.

17‏:18 ފަލްސަފާވެރިން: ފަލްސަފާވެރިންނަކީ ވިސްނުމުގެ ސައިންސުގެ މާހިރުންނެވެ. ގުރީކު މުޖުތަމައިގައި މިފަދަ މީހުންނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރެވެއެވެ. އެހެން ކަމުން އެދުވަސްވަރުގެ ފަލްސަފާވެރިންނަކީ ވަރަށް ކިބުރުވެރި ބަޔަކު ކަމުގައިވިއެވެ. އެމީހުންނަކީ ބަހުސްކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބަޔެކެވެ. މިފޮތުގައި ބަޔާންވެގެންވާ ފަލްސަފާވެރިންގެ ދެބައެއް ވެއެވެ. އޭގެން އެއްބަޔަކަށް ކިޔެނީ އެޕިކުރިއަންސު އެވެ. މިމީހުންނަކީ އުފަލާ އަރާމު ތަކުގެ މުހިންމުކަން ފަލްސަފާ ކުރާބަޔެކެވެ. އަނެއްބައިގެ ނަމަކީ ސުޓޮއިކުސް އެވެ. މިމީހުންނަކީ އަމިއްލަ ނަފުސުގެ މައްޗަށް ބާރުހިންގުމުގެ ފަލްސަފާ ކުރާބަޔެކެވެ.