16
ތިމޮތީ ޕައުލް އާއި ސިލާހު އާއި އެކުގައި
ޕައުލް އާއި ސިލާހު ދަތުރުކޮށް ދެރުބޭ އާއި ލިސްތުރާއަށް ދިޔައެވެ. އެ ރަށުގައި ތިމޮތީ އޭކިޔުނު އީސާގެފާނަށް އީމާންވެގެންވީ މީހަކު ވިއެވެ. އޭނާގެ މަންމައަކީ ވެސް އީސާގެފާނަށް އީމާންވެގެންވީ މީހެކެވެ. އޭނާގެ މަންމަ އަކީ ބަނީއިސްރާއީލު މީހެކެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ގުރީކު މީހެކެވެ. ލިސްތުރާ އާއި އިކޯނިޔުމްގެ އީސާގެފާނަށް އީމާންވެގެންވީ އެންމެން ވެސް މި ތިމޮތީ އާއި ބޭހޭ ގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކައެވެ. ޕައުލް ތިމޮތީ އޭނާއާއި އެކު އޭނާގެ ދަތުރުގައި ބައިވެރިކުރުމަށް ބޭނުންވިއެވެ. ނަމަވެސް އެހިސާބުގެ އެންމެންނަށް ވެސް އެނގޭ ގޮތުގައި ތިމޮތީގެ ބައްޕައަކީ ގުރީކު މީހެކެވެ. އެހެންވެ އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ހިތްހަމަ ޖެއްސުމުގެ ގޮތުން ޕައުލް ތިމޮތީ ގާތު އެދުނި އޭނާއާއި އެކު އެދަތުރުގައި ދިއުމުގެ ކުރިން ތިމޮތީ ޚިތާނު ކުރުމަށެވެ. އެމީހުން އެހިސާބުގެ ރަށްތަކުގެ ތެރޭގައި ދަތުރުކޮށް ގޮސް އެތަންތާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް ޖެރޫސަލަމުގައި އީސާގެފާނުގެ މަންދޫބުންނާ ޖަމާޢަތުގެ ބޮޑުން އެއްބަސްވި ހުރިހާ ގަވާއިދުތަކެއް އަންގައިދީ ކިޔާދެމުން ދިޔައެވެ. މި ކަމުގެ ސަބަބުން އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކުގެ އީސާގެފާނަށް އީމާންވާމީހުންގެ ޖަމާޢަތް: މިބަސް ބޭނުން ކުރެވެނީ ދެމާނައެއްގައެވެ. އެއްމާނައަކީ އީސާގެފާނަށް އީމާންވާ އެއްރަށެއްގައިވާ ނުވަތަ އެއްތަނެއްގައިވާ ބަޔަކަށް މުހާތަބުކޮށެވެ. އަނެއް މާނައަކީ ދުނިޔޭގައިވާ އެންމެހާ އީސާގެފާނަށް އީމާންވާ މީސްތަކުއްނެވެ. އެންމެންގެ އީމާންކަން ވަރުގަދަވެ އަދި އެބައިމީހުންގެ އަދަދު ގިނަވަމުން ދިޔައެވެ.
ތުރުއަސްގައި ޕައުލްއަށް ފެނުނު ހުވަފެން
ޕައުލް އާއި އޭނާގެ އެކުވެރިން ފަރީޖިޔާއާއި ގަލާތިޔާގެ ސަރަހައްދުގެ ތެރެއިން ދަތުރުކޮށް ދިޔައެވެ. އެއީ މާތްރޫޙުފުޅު އެމީހުންނަށް އާސިޔާގެ ހިސާބުތަކުގައި ދިންނެވުމުގެ ޚަބަރުފުޅު ދިނުމަށް ހުއްދަ ނުދެއްވުމުންނެވެ. އެމީހުންނަށް މީސިޔާއާއި ހަމައަށް އާދެވުމުން އެމީހުން ބިޒީނިޔާއަށް ދިއުމަށް ގަސްތު ކުރިއެވެ. ނަމަވެސް މާތް ސާހިބާ އީސާގެފާނުގެ މާތްރޫޙުފުޅު އެމީހުން އެ ރަށަށް ދިއުމަކަށް ހުއްދައެއް ނުދެއްވިއެވެ. ދެން އެމީހުން މީސިޔާގެ ތެރެއިން ދަތުރުކޮށް ގޮސް ތުރުއަސްއަށް ދިޔައެވެ. އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.“ 10 ހަމަ ޕައުލްއަށް މި ފަދައިން ފެނުމާއި އެކު އަހަރެމެން މެސެޑޯނިޔާގެ ސަރަހައްދަށް ދިއުމަށް ތައްޔާރު ވީމެވެ. އެއީ އަހަރެމެން ގަސްތު ކުރި ގޮތުގައި މާތްރަސްކަލާނގެ އެދިވޮޑިގެން ވަނީ އެކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރު ދިނުމަށް އަހަރެމެން އެ ރަށަށް ދިއުމަށެވެ.* މިއާޔަތުން ހާމަވެ އެނގޭ ގޮތުގައި މިފޮތް ލިޔުނު ލޫކާސްވެސް އޭރު ވަނީ އެމީހުންނާއި އެކުގައެވެ. ލޫކާސް އަކީ އިންޖީލުގައިވާ ”ލޫކާސް“ ފޮތްކޮޅުވެސް ލިޔުއްވި މީހާއެވެ. 11 އަހަރެމެން އޮޑިއެއްގައި ސީދާ ދަތުރުކޮށް ދިޔައީ ސަމޮތުރާޒީ އަށެވެ. ސަމޮތުރާޒީއަށް ދެވުނު ދުވަހު އަނެއް ދުވަހު ދަތުރުކޮށް ދިޔައީ ނެއާޕޮލިސް އަށެވެ. 12 އެ ރަށުން އެއްގަމު މަގުގައި ދަތުރުކޮށް އަހަރެމެން ދިޔައީ ފިލިއްޕީއަށެވެ ފިލިއްޕީ: ފިލިއްޕީ އަކީ މެސެޑޯނިޔާގެ ރަށެކެވެ. މިރަށަކީ ސީދާ ރޯމުގެ ސަރުކާރުން އެތަނެއްގައި ވެރިކަން ކުރި ރަށެކެވެ. އެރަށުގެ ވެރިންނަށް ވެސް ތިބީ ހަމަ ރޯމުގެ މީހުންނެވެ. ޕައުލް އާއި ސިލާހު އަކީ ރޯމުސަރުކާރުގެ ރައްޔިތުން ކަމުން އެމީހުން އެރަށުގައިވީ އިރު އެމީހުންނާއި ދިމާވި ކަންތައްތަކާއި މިސަބަބާއި މެދު ވަރަށް ބޮޑު ގުޅުމެއްވެއެވެ.. އެއީ މެސެޑޯނިޔާގެ ފުރަތަމަ ރަށެވެ. މި ރަށް ވަނީ ރޯމުގެ ސަރުކާރުގެ ދަށުގައެވެ. އަހަރެމެން ދުވަސްކޮޅަކު އެ ރަށުގައި މަޑު ކުރީމެވެ.
ލިދިޔާގެ ހިތްބަދަލުވެ ދިންނެވުން ލިބުން
13 ޖެހިގެން އައި ސަބަތުގެ ދުވަހު އަހަރެމެން އެ ރަށުގެ ބޮޑު ދޮރާށިން ނުކުމެގެން ކޯރުގެ އައްސޭރިއަށް ދިޔައީމެވެ. އެއީ އެ ރަށުގައި އުޅޭ ބަނީއިސްރާއީލު މީހުން ދުޢާ ކުރުމަށް އަންނާނެ ތަނަކީ އެތަން ހެން އަހަރެމެންނަށް ހީވާތީއެވެ. އަހަރެމެން އެތާ އިށީނދެ އެތަނަށް އެއްވެފައިވީ އަންހެނުންގެ ބަޔަކާ ވާހަކަ ދެއްކީމެވެ. 14 އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ. 15 ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.
ފިލިއްޕީގެ ޖަލުގައި
16 އެއްދުވަހަކު އަހަރެމެން އާދަވެގެން ދުޢާ ކުރުމަށް ދާ ކޯރުގެ އައްސޭރިއަށް ދަނިކޮށް ނުބައި ރޫޙެއްގެ ބާރުގެ ދަށުވެފައި ވާ ޒުވާން އަންހެންކުއްޖަކާ ދިމާވިއެވެ. މިއަންހެން ކުއްޖާއަކީ އަޅެކެވެ. އަދި މި ކުއްޖާ ފާލުބަލައިގެން އޭނާގެ ވެރިންނަށް އެތައް ބައިވަރު ފައިސާއެއް ވެސް ހޯދާދެއެވެ. 17 މި ކުއްޖާ ޕައުލް އާއި އަހަރެމެންގެ ފަހަތުން މި ފަދައިން ގޮވާ ހަޅޭއްލަވަމުން އައެވެ. ”މިމީހުންނަކީ އެންމެ މަތިވެރިރަސްކަލާނގެ ޚާދިމުން. އެމީހުން މީސްތަކުންނަށް އެ ބުނެދެނީ ދިންނެވޭނެ ގޮތުގެ ވާހަކަތައް.“
18 މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”އެކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.
19 މި އަޅު އަންހެންކުއްޖާ ގެންގުޅުނު މީހުން މި ތަން ފެނުމުން ދެން އިތުރަށް އެކުއްޖާގެ ކިބައިން ފައިސާ ނުހޯދޭނެކަން އެނގުމުން އައި ރުޅިން ޕައުލް އާއި ސިލާހު ހިފަހައްޓާ ހައްޔަރުކޮށްގެން އެރަށުގެ ވެރިންނަށް ދެއްކުމަށް ބޮޑު ބާޒާރަށް ގެންދިޔައެވެ. 20 އެމީހުން އެތާނގައިވާ ރޯމު ސަރުކާރުގެ އުއްތަމަ ފަނޑިޔާރުންނަށް ބުންޏެވެ. ”މިމީހުންނަކީ ބަނީއިސްރާއީލު މީހުން. މިމީހުން އައިސް އަހަރެމެންގެ ރަށުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަނީ. 21 އަހަރެމެން ފަދަ ރޯމުގެ ސަރުކާރުގެ ދަށުގައިވާ މީހުން ކުރުން ހުއްދަ ނޫން ކަންތައްތައް ކުރުމަށް މިމީހުން މީހުންނަށް ކިޔާދީ އެބަ ދަސްކޮށް ދެމުން ގެންދޭ.“
22 އެތަނަށް އެއްވެފައި ވީ މީސްތަކުން ވެސް ޕައުލް އާއި ސިލާހު ކުށްވެރިކުރުމުގައި ބައިވެރިވިއެވެ. ދެން މި އުއްތަމަ ފަނޑިޔާރުން ޕައުލް އާއި ސިލާހު ލައިގެން ތިބި ފޭރާންތައް ވީދާލާ އެމީހުން ގައިގައި އެއްތެލުން ތެޅުމަށް އެންގިއެވެ. 23 ޕައުލް އާއި ސިލާހު ގައިގައި އެތައް ތެޅުމެއް ތެޅުމަށް ފަހު އެމީހުން ޖަލަށް ލާ އެ ޖަލުބަލަހައްޓާ މީހާއަށް ޖަލު ރަނގަޅަށް ތަޅުލުމަށް އެންގިއެވެ. 24 ދެން އެ ޖަލު ބަލަހައްޓާ މީހާ އެމީހުން ގެންގޮސް އެ ޖަލުގެ އެންމެ އެތެރެގޮޅިއަށް ލާ އަނދަގޮނޑި ޖެހިއެވެ.
25 މެންދަމު ޕައުލް އާއި ސިލާހު ދުޢާ ކޮށް ހަމްދާ ސަނާގެ ލަވަތައް ކިޔަމުން ދިޔައެވެ. ޖަލުގައި ވާ އެހެން މީހުން އަޑު އަހަން ތިއްބެވެ. 26 ދެން ކުއްލިއަކަށް ވަރަށް ގަދަ ބިންހެލުމެއް އަޔެވެ. އަދި ޖަލުގެ ހުރިހާ ދޮރެއް ހުޅުވިގެން ދިޔައެވެ. އަދި ޖަލުގައިވީ އެންމެންގެ ހިލިހިލާތައް ނެއްޓިގެން ދިޔައެވެ.
27 މި ޖަލު ބަލަހައްޓާ މީހާ ހޭލައިގެން އައިސް ބެލިއިރު ޖަލުގެ ހުރިހާދޮރެއް ހުޅުވިފަ ވާތަންފެނުމުން އޭނާ ހީކުރީ ޖަލުގައިވާ އެންމެން ފިލައިގެން ދިޔައީ ކަމުގައެވެ. އެހެން ހީކޮށް އޭނާ އަމިއްލެއަށް މަރުވާން ގަސްތުކޮށް އޭނާގެ ކަނޑި ނެގިއެވެ. 28 ނަމަވެސް އެވަގުތު ޕައުލް ހަޅޭއްލަވައިގަތެވެ. ”ކަލޭގެ ހަށިގަނޑަށް އަނިޔާއެއް ނުދީ. އަހަރެމެން އެންމެން މި ތިބީ މިތާ. އެކަކުވެސް މިތާކުން ނުދޭ.“ 29 ދެން ޖަލުބަލަހައްޓާ މީހާ ބައްތިއެއް ދިއްލައިގެން ގެންނަން އެންގިއެވެ. އެބައްތި ގެނައުމުން އޭނާ ޖަލުތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް ތުރުތުރު އަޅަމުން ޕައުލް އާއި ސިލާހުގެ ފައިދަށަށް ތިރިވިއެވެ. 30 ދެން އޭނާ އެމީހުން ޖަލުން ބޭރަށް ނެރެފަ އެމީހުންނަށް ބުންޏެވެ. ”އަޅުގަނޑު ދިންނެވުން ލިބިގަތުމަށް ކުރަންވީ ކަމެއް ތިޔަ ސާހިބުން ވިދާޅުވެ ދެއްވާ؟“
31 ”މާތްސާހިބު އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވޭ. އޭރުން ކަލެއަށް ދިންނެވުން ލިބޭނެ. އަދި ކަލޭގެ އާއިލާގެ އެންމެންނާ ކަލޭގެ ގޭގައިވާ އެންމެން ވެސް މިހެން ކަން ކުރުމުން އެމީހުންނާ ދޭތެރޭ ވެސް ހަމަ އެފަދައިން ކަންތައް ވާނެ.“
32 ދެން ޕައުލް އާއި ސިލާހު އޭނާއަށާ އޭނާގެ ގޭގެ އެންމެންނަށް މާތްސާހިބާ އާއި ބެހޭ ގޮތުން އަންގައިދިނެވެ. 33 ހަމަ އެވަގުތު ޖަލުބަލަހައްޓާ މީހާ ޕައުލް އާއި ސިލާހު ގޮވައިގެން ގޮސް އެމީހުންގެ ގައިގައި ވާ ޒަޚަމްތައް ސާފުކޮށް ބޭސްއަޅާދިނެވެ. އަދި އޭނާއާއި އޭނާގެ ގޭގެ އެންމެން އެއްފަހަރާ ތައުބާގެ ހިނެވުމުން ތައުބާގެ ހިނެވުން: މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ އުރުދުން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. ”ޔަޙުޔާގެފާނު“ ބަލާ. ހިނައިގަތެވެ. 34 ދެން ޖަލުބަލަހައްޓާ މީހާ ޕައުލް އާއި ސިލާހު އޭނާގެ ގެއަށް ގެންގޮސް އެމީހުންނަށް ކާނެ އެއްޗެއް ދިނެވެ. އީސާގެފާނަށް އީމާންވެ އެކަލޭގެފާނު ގަބޫލު ކުރުމުގެ ސަބަބުން އޭނާ އާއި އޭނާގެ ގޭގެ އެންމެން ވަނީ އުފަލުން ފުރިފައެވެ.
35 އަނެއްދުވަހުގެ ހެނދުނު ރޯމު ސަރުކާރުގެ ފަނޑިޔާރުން ސިފައިންގެ އޮފިސަރުން ފޮނުވާ ޖަލުބަލަހައްޓާ މީހާއަށް ބުންޏެވެ. ”އެ ދެމީހުން މިނިވަންކޮށް ދޫކޮށްލާ.“ 36 ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.“ 37 ނަމަވެސް ޕައުލް އެ ސިފައިންނަށް ބުންޏެވެ. ”އަހަރެމެންނަކީ ރޯމުސަރުކާރުގެ ރައްޔިތުން ރޯމުސަރުކާރުގެ ރައްޔިތެއް: ރޯމުސަރުކާރުގެ ރައްޔިތެއް ކަމުގައި ވުމަކީ ވަރަށް ބޮޑު ފައިދާ އާއި އިސްކަން ލިބޭ ކަމެކެވެ. އެއީ ރޯމުގެ ސަރުކާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް ރޯމުސަރުކާރުގެ ރައްޔިތަކަށް ވުމުގެ ނަސީބު ލިބިފައި ވަނީ ވަރަށް މަދު މީހަކަށެވެ. ރޯމުސަރުކާރުގެ ރައްޔިތަކާއި މެދު ހެއްކާއި ދަލީލުގެ މައްޗަށް ޝަރީއަތް ކޮށްބަލާ ހެދުމަށް ފަހު ނޫނީ އެއްވެސް އަދަބެއް ދިނުމަކީ މަނާކަމެކެވެ.. ނަމަވެސް ރޯމުސަރުކާރުގެ އުއްތަމަ ފަނޑިޔާރުން އަހަރެމެންނާއި މެދު އެއްވެސް ޝަރީޢަތެއް ނުކޮށް އަހަރެމެންގެ ގައިގައި އެންމެންގެ ކުރިމަތީގައި ހަންމުށި އެޅި. އަދި އަހަރެމެން ޖަލަށް ލި. މިހާރު އެމީހުން އެބުނަނީ މިއިން އެއްވެސް ކަމެއް ނުވާ ހެން އަހަރެމެން މަޑުމަޑުން ޖަލުން ނުކުމެގެންދާށޭ ތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނުވެވޭނެ. އަހަރެމެން ޖަލުން ނެރެން ޖެހޭނީ ރޯމުގެ ސަރުކާރުގެ ފަނޑިޔާރުން އައިސް.“ 38 މި ސިފައިން ގޮސް ރޯމު ސަރުކާރުގެ އުއްތަމަ ފަނޑިޔާރުން ގާތު މި ވާހަކަތައް ބުނުމުން އެމީހުންނަށް ޕައުލް އާއި ސިލާހު އަކީ ރޯމުގެ ރައްޔިތުންކަން އެނގުމުން ވަރަށް ބިރުގަތެވެ. 39 ދެން އެމީހުން ޕައުލް އާއި ސިލާހުގެ ކައިރިއަށް އައިސް މި ވީ ކަންތައްތަކަށް އެމީހުންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި އެމީހުން ޖަލުން ނެރެ އެމީހުންގެ ކިބައިން އެރަށުން ދިއުމަށް އެދުނެވެ.
40 ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.

16‏:5 އީސާގެފާނަށް އީމާންވާމީހުންގެ ޖަމާޢަތް: މިބަސް ބޭނުން ކުރެވެނީ ދެމާނައެއްގައެވެ. އެއްމާނައަކީ އީސާގެފާނަށް އީމާންވާ އެއްރަށެއްގައިވާ ނުވަތަ އެއްތަނެއްގައިވާ ބަޔަކަށް މުހާތަބުކޮށެވެ. އަނެއް މާނައަކީ ދުނިޔޭގައިވާ އެންމެހާ އީސާގެފާނަށް އީމާންވާ މީސްތަކުއްނެވެ.

*16‏:10 މިއާޔަތުން ހާމަވެ އެނގޭ ގޮތުގައި މިފޮތް ލިޔުނު ލޫކާސްވެސް އޭރު ވަނީ އެމީހުންނާއި އެކުގައެވެ. ލޫކާސް އަކީ އިންޖީލުގައިވާ ”ލޫކާސް“ ފޮތްކޮޅުވެސް ލިޔުއްވި މީހާއެވެ.

16‏:12 ފިލިއްޕީ: ފިލިއްޕީ އަކީ މެސެޑޯނިޔާގެ ރަށެކެވެ. މިރަށަކީ ސީދާ ރޯމުގެ ސަރުކާރުން އެތަނެއްގައި ވެރިކަން ކުރި ރަށެކެވެ. އެރަށުގެ ވެރިންނަށް ވެސް ތިބީ ހަމަ ރޯމުގެ މީހުންނެވެ. ޕައުލް އާއި ސިލާހު އަކީ ރޯމުސަރުކާރުގެ ރައްޔިތުން ކަމުން އެމީހުން އެރަށުގައިވީ އިރު އެމީހުންނާއި ދިމާވި ކަންތައްތަކާއި މިސަބަބާއި މެދު ވަރަށް ބޮޑު ގުޅުމެއްވެއެވެ.

16‏:33 ތައުބާގެ ހިނެވުން: މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ އުރުދުން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. ”ޔަޙުޔާގެފާނު“ ބަލާ.

16‏:37 ރޯމުސަރުކާރުގެ ރައްޔިތެއް: ރޯމުސަރުކާރުގެ ރައްޔިތެއް ކަމުގައި ވުމަކީ ވަރަށް ބޮޑު ފައިދާ އާއި އިސްކަން ލިބޭ ކަމެކެވެ. އެއީ ރޯމުގެ ސަރުކާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް ރޯމުސަރުކާރުގެ ރައްޔިތަކަށް ވުމުގެ ނަސީބު ލިބިފައި ވަނީ ވަރަށް މަދު މީހަކަށެވެ. ރޯމުސަރުކާރުގެ ރައްޔިތަކާއި މެދު ހެއްކާއި ދަލީލުގެ މައްޗަށް ޝަރީއަތް ކޮށްބަލާ ހެދުމަށް ފަހު ނޫނީ އެއްވެސް އަދަބެއް ދިނުމަކީ މަނާކަމެކެވެ.