15
ޖެރޫސަލަމުގައި ބޭއްވުނު ބައްދަލުވުން
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.“ ނަމަވެސް ޕައުލް އާއި ބަރުނައްބާސް މި ކަމާއި މުޅިން ދެކޮޅުހަދާ އެމީހުންނާ ބަހުސް ކުރިއެވެ. ދެން އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުން ނިންމީ ޕައުލް އާއި ބަރުނައްބާސް އާއި އަދި އެހެން ވެސް އިތުރު ބަޔަކާ ޖެރޫސަލަމަށް ފޮނުވުމަށެވެ. އެއީ އެމީހުން އީސާގެފާނުގެ މަންދޫބުންނާއި އަދި ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންނާ މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުމަށްޓަކައެވެ. އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުންދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.
އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ. އީސާގެފާނަށް އީމާންވެގެންވީ ފަރީސީނުގެ ބަޔަކު ވެސް އެތާނގައިވިއެވެ. މި ބައިމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން އީސާގެފާނަށް އީމާންވެގެންވާ މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކަށް ކަންތައްކޮށް އަދި ޚިތާނު ކުރުމަށް ވެސް އަންގަން ޖެހޭނެއޭ.“ ދެން އީސާގެފާނުގެ މަންދޫބުންނާއި އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ބޮޑުންނާއި އެއްވުމެއް ބާވާ މި ކަމާބެހޭ ގޮތުން ވާހަކަދެއްކިއެވެ. އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް އެކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި. ދެން އެންމެންގެ ވެސް ހިތުގެއަޑި ދެނެވޮޑިގެންވާ މާތްރަސްކަލާނގެ އެބައިމީހުންގެ އީމާންކަން ދެނެވޮޑިގެން ވާކަން ފާޅުކުރެއްވި. އެކަލާނގެ މާތްރޫޙުފުޅު މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. ހަމަ އަހަރެމެންނަށް ވެސް ދެއްވި ފަދައިން އެ ރޫޙުފުޅު އެމީހުންނަށް ވެސް ދެއްވާ އެކަލާނގެ މި ކަން ހާމަކުރެއްވި. މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ ވެސް ކަން ކުރެއްވީ ހަމަ އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން ވެސް އީމާންވި މީހުންނާ މެދު ކަން ކުރެއްވި ފަދައިން. އެއީ އެމީހުން ވެސް އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާންވުމުން މާތްރަސްކަލާނގެ އެމީހުންގެ ހިތްތަށް ވެސް ސާފުތާހިރު ކޮށްދެއްވި. 10 މި ފަދައިން ކަންތައް ހުރި އިރު މިހާރު އަނެއްކާ ތިޔަބައިމީހުން ބަނީއިސްރާއީލު މީހުން ނޫން އެހެން އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަރުގައި މި ފަދަ ބަރުދަނެއް އަޅުވާ މާތްރަސްކަލާނގެ ކޯފާ ލިބިގަތުމަށް ތިޔަ އުޅެނީ އަޅެ ކީއްވެ؟ ތިޔަ ބަރުދަނަކީ އަހަރެމެންގެ ކާބަފައިންނަށް ވެސް އަދި އަހަރެމެންނަށް ވެސް އުފުލިފައި ނުވާ ބަރުދަނެއް ނޫންތަ؟ 11 ނަމަވެސް މިހާރު އަހަރެމެން ވެސް އަދި އެމީހުން ވެސް ދިންނެވިފައި މި ވަނީ މާތްރަސްކަލާނގެ އީސާގެފާނު މެދުވެރިކޮށް ދެއްވި މަތިވެރި ރަޙުމަތްފުޅުގެ ސަބަބުންކަން އަހަރެމެން އެނގި ގަބޫލު ކުރަން.“
12 ދެން މި ކަންތައްތަކާ ކުރެވެމުންދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ. 13 އެމީހުންގެ ވާހަކަ ނިމުމުން ޔާމިޒު ވާހަކަދައްކާ އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، އަޑުއަހާ.* މި ޔާމިޒު އަކީ ބާރަ ޚާއްސަ މަންދޫބުންގެ ތެރެއިން އެކަކު ކަމުގައި އީސާގެފާނު ހޮއްވެވި ޔާމިޒުއެއް ނޫނެވެ. އެ ޔާމިޒު ވަނީ މީގެ ދެތިން އަހަރު ކުރިން ހެރޮދު ރަސްގެފާނުގެ އަމުރަށް މަރާލެވިފައެވެ. މި ޔާމިޒު އަކީ އީސާގެފާނުގެ ކޮއްކޯފުޅެއް ކަމުގައިވާ ޔާމިޒުއެވެ. މީނާއަކީ މިހާރު ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެގެން ތިބި ޖެރޫސަލަމުގެ ޖަމާޢަތުގެ ވެރިއަކަށް ހުރި މީހާއެވެ. 14 ސިމިޔާނު ޕަތަރަސް ހަމަދެންމެ އަހަރެމެންނަށް އެ ކިޔާ ދިނީ އެންމެ ފުރަތަމަ ފަހަރު މާތްރަސްކަލާނގެ އެކަލާނގެ ލޯބިފުޅު ބަނީއިސްރާއީލު މީހުން ނޫން އެހެން މީހުންނަށް ދައްކަވާ، އެމީހުންވެސް އެއީ އެކަލާނގެ މީސްތަކުންގެ ތެރެއިން ވާ ބަޔަކު ކަމުގައި ލެއްވި ގޮތުގެ ވާހަކަ. އެންމެފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންގެ ތެރެއިން ބަޔަކު އެކަލާނގެ މީސްތަކުންގެ ގޮތުގައި އެކަލާނގެ ހޮއްވަވައިފި. 15 ނަބީބޭކަލުން އެބޭކަލުންގެ ލިޔުއްވުންތަކުގައި ލިޔުއްވި ބަސްފުޅުތަކާ މިހާރު މި ވަމުންދާ ކަންތައްތަކާއި މުޅިން އެއްގޮތް. އެއީ ލިޔެވިގެންވި:
16 ’މާތްސާހިބު ވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއޭ. މިއަށް ފަހު ތިމަންކަލާނގެ އެނބުރި އަންނާނަމޭ. އަދި ދާއޫދުގެފާނުގެ ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ. ނެތިގެން ގޮސްފައިވާ ރަސްކަން އާކުރައްވާނަމޭ. އެ ރަސްކަމުގެ ވީރާނާވެފައިވާ ބައިތައް ތިމަންކަލާނގެ އަލުން އާކުރައްވާ ވަރުގަދަ ކުރައްވާނަމޭ. 17 ދެން އޭރުން ދުނިޔޭގެ އެހެން ޤައުމުތައް ވެސް ތިމަންކަލާނގެ ކިބަފުޅަށް އެނބުރޭނޭ. އަދި އޭރުން އެމީހުން ވާނީ ތިމަންކަލާނގެ ޚާއްސަކުރެއްވި ތިމަންކަލާނގެ މީސްތަކުންނަށޭ. މިއީ ތިމަންކަލާނގެ ބަސްފުޅޭ. 18 މިއީ އެތައް ޒަމާނެއްގެ ކުރިން ތިމަންކަލާނގެ ކުރެއްވި ވަޢުދުފުޅެކޭ.‘ “
19 ޔާމިޒު ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، ވީމާއި އަހަރެންނަށް ފެންނަ ގޮތަކީ އީސާގެފާނަށް އީމާންވެގެންތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ކޮނޑުގައި ބުރަތައް ނާޅުވާ އެމީހުންނަށް އުނދަގޫ ނުކުރުން. 20 އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް. 21 އެއީ މާތްރަސްކަލާނގެ މޫސާގެފާނަށް މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ. އެންގެވި ގަވާއިދު ތަކާއި ޤާނޫނުތައް ކޮންމެ ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒުތަކުގައި ކިޔެމުންދާ ތާ އެތައް ޒަމާނެއް ވެއްޖެ. އަދި ކޮންމެ ރަށެއްގައި ވެސް އެކަލޭގެފާނުގެ ބަސްފުޅުތައް ވެސް ވަނީ އަންގައިދެއްވިފަ.“
އީމާންވެ ތިބި މީހުންގެ ތެރެއިން ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް ފޮނުވުނު ސިޓީ
22 ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.) 23 އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ.
ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.
24 އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ. 25 އެހެން ކަމުން އަހަރެމެން އެންމެން އެއްބަސްވީ އަހަރެމެންގެ ތެރެއިން ވަކި ބަޔަކު ހޮވާ ތިޔަބައިމީހުންގެ ގާތަށް ފޮނުވުމަށޭވެ. އެމީހުން ދާނީ އަހަރެމެންގެ ލޮބުވެތި އެކުވެރިން ކަމުގައިވާ ޕައުލް އާއި ބަރުނައްބާސް އާއި އެކުގައެވެ. 26 އެދެމީހުންނަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޚިދުމަތުގައި އެމީހުންގެ ފުރާނައަށް ނުރައްކާތެރިވީ ހިނދު ވެސް ކެރިގެން ކުރިމަތިލާފައިވާ ބަޔެކެވެ. 27 އެމީހުންނާއި އެކު މި ފޮނުވާ އަނެއް ދެ މީހުންނަކީ ބަރުސައްބާސް އާއި ސިލާހު އެވެ. އެދެމީހުން އަހަރެމެން މި ސިޓީގައި ލިޔެފައި މިވާ ބަސްތައް އަނގަ ބަހުން ތިޔަ އެންމެންގެ ގާތުގައި ކިޔާދޭނެއެވެ. 28 މި ކަންތައްތައް ފިޔަވާ ތިޔަބައިމީހުންގެ ކޮނޑުގައި ނޫފުލޭ ފަދަ އުނދަގޫ ބުރައެއް އެޅުވުމަކަށް މާތްރޫޙުފުޅު އެދިވަޑައިގެނެއް ނުވެއެވެ. އަހަރެމެން ވެސް އެދެނީ ހަމަ އެ ފަދައިންނެވެ.
29 ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.
30 ދެން އެމީހުން ޖެރޫސަލަމުން ފުރައިގެން އަންތީޔޮކުއަށް ގޮސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ އެންމެން އެއްކޮށް އެ ސިޓީ އެމީހުންނާއި ހަވާލު ކުރިއެވެ. 31 މި ސިޓީ ކިޔުމަށް ފަހު އެންމެންގެ ހިތުގައި އުފާވެރިކަން އުފެދުނެވެ. އެއީ އެ ސިޓީގައިވާ ހިތްވަރު ލިބޭ ފަދަ ބަސްތަކާއި ޚަބަރުގެ ސަބަބުންނެވެ. 32 ބަރުސައްބާސް އާއި ސިލާހު އަކީ ދެ ނަބީބޭކަލުން ވެސްމެއެވެ. އެހެން ކަމުން އެމީހުން އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް ހިތްވަރާއި ބާރު ލިބޭނެ ފަދަ ބަސްތަކުން އެމީހުންނާއި ވަރަށް ގިނައިރު ވާހަކަދައްކާ ހެދިއެވެ. 33 ދެން ދުވަސްކޮޅަކަށް ފަހު ބަރުސައްބާސް އާއި ސިލާހު އެނބުރި ޖެރޫސަލަމަށް އެމީހުން ފޮނުވި މީހުންގެ ކަރިއަށް ދިޔައެވެ. އެމީހުން ދިޔައީ އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ އެންމެންގެ ހެޔޮއެދުން ލިބިގެންނެވެ. 34 {ސިލާހު ގަސްތު ކުރީ އެ ރަށުގައި މަޑު ކުރާށެވެ.} މިފޮތް ލިޔެވިފައިވާ އަސްލު ބަހަކީ ގުރީކު ބަހެވެ. ނަމަވެސް އެ ލިޔުންތަކުގެ ތެރެއިން މިއާޔަތް ހިމެނިފައި ވަނީ ބައެއް ލިޔުން ތަކުގައެވެ.
35 ޕައުލްއާއި ބަރުނައްބާސް އަންތީޔޮކުގައި އިތުރަށް ދުވަސްކޮޅަކު މަޑު ކުރިއެވެ. އަދި އެ ރަށުގައި އެހެން ވެސް އެތައް ބަޔަކާއިއެކު މީސްތަކުންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުފުޅު އަންގައިދީ ފާޅުކުރަމުން ގެންދިޔައެވެ.
ޕައުލް އާއި ބަރުނައްބާސް ވަކިވުން
36 ދެން ދުވަސްކޮޅެއް ފަހުން ޕައުލް ބަރުނައްބާސް އަށް ބުންޏެވެ. ”އަހަރެމެން ކުރިން ދިންނެވުމުގެ ޚަބަރު ދިން ރަށްތަކަށް އެނބުރި ދަމާ ހިނގާ. އެއީ އޭރުން އެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަންތައް ހުރިގޮތެއް އަހަރެމެންނަށް އެނގޭނެ.“
37 ބަރުނައްބާސް ބޭނުންވީ ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު ގެންދިއުމަށެވެ. 38 ނަމަވެސް ޕައުލް މި ކަމަކާ އެއްބަހެއް ނުވިއެވެ. އެއީ އެމީހުން ކުރިން އެކުރި ދަތުރުގައި ވެސް ޔޫޙަންނާ މަރުކުސް މަސައްކަތް ނުނިމެނީސް ޕަންފީލިޔާއާއި ހިސާބުން އެމީހުން ދޫކޮށްލާފައި އެނބުރި ޖެރޫސަލަމަށް ވަނީ ގޮސްފައެވެ. 39 ނަމަވެސް މި ކަމުގައި ޕައުލް އާއި ބަރުނައްބާސް އާއި ދެމެދުގައި ވަރަށް ބޮޑު ދެބަސްވުމެއް ހިނގިއެވެ. އެކަމުގެ ސަބަބުން އެދެމީހުން ވަކި ވެ ދެމީހުން ދެ މަގުން ދިޔައެވެ. ދެން ބަރުނައްބާސް މަރުކުސް އާއި އެކު އޮޑިއެއްގައި ސައިޕުރަސް އަށް ދަތުރުކުރިއެވެ.
40 ދެން ޕައުލް ސިލާހު އޭނާއާއި އެކު ގެން ދިއުމަށް ނިންމާ އޭނާގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުން ޕައުލް މާތްރަސްކަލާނގެ ބެއްލެވުމުގެ ދަށަށް ދޫކޮށް ހަވާލު ކުރެއްވިއެވެ. 41 ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.

15‏:8 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

*15‏:13 މި ޔާމިޒު އަކީ ބާރަ ޚާއްސަ މަންދޫބުންގެ ތެރެއިން އެކަކު ކަމުގައި އީސާގެފާނު ހޮއްވެވި ޔާމިޒުއެއް ނޫނެވެ. އެ ޔާމިޒު ވަނީ މީގެ ދެތިން އަހަރު ކުރިން ހެރޮދު ރަސްގެފާނުގެ އަމުރަށް މަރާލެވިފައެވެ. މި ޔާމިޒު އަކީ އީސާގެފާނުގެ ކޮއްކޯފުޅެއް ކަމުގައިވާ ޔާމިޒުއެވެ. މީނާއަކީ މިހާރު ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެގެން ތިބި ޖެރޫސަލަމުގެ ޖަމާޢަތުގެ ވެރިއަކަށް ހުރި މީހާއެވެ.

15‏:16 ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ.

15‏:21 މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ.

15‏:34 މިފޮތް ލިޔެވިފައިވާ އަސްލު ބަހަކީ ގުރީކު ބަހެވެ. ނަމަވެސް އެ ލިޔުންތަކުގެ ތެރެއިން މިއާޔަތް ހިމެނިފައި ވަނީ ބައެއް ލިޔުން ތަކުގައެވެ.