14
އިކޯނިޔުމްގައި
ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. ނަމަވެސް ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާން ނުވި މީހުން އެތާނގައި ވީ މާތްރަސްކަލާނގެއަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތްތަކުގައި އީސާގެފާނަށް އީމާންވި މީހުންނާއި މެދު ނަފުރަތު އުފައްދާ ދެކޮޅުވެރި ކުރުވިއެވެ. ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ރަޙުމަތުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.
އެ ރަށުގެ މީހުން ވަނީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކު ތިބީ ބަނީއިސްރާއީލުގެ ބޮޑުންގެ ކޮޅަށެވެ. އަނެއްބަޔަކު ތިބީ އީސާގެފާނުގެ މަންދޫބުން ޕައުލް އާއި ބަރުނައްބާސްގެ ކޮޅަށެވެ. ދެން ބަނީއިސްރާއީލުގެ ބަޔަކާ އަދި އިކޯނިޔުމްގެ ބަޔަކާ އެކުވެ ބަނީއިސްރާއީލު މީހުންގެ ވެރިންނާއެކު އީސާގެފާނުގެ މަންދޫބުންނަށް އަނިޔާދީ އެމީހުންގެ ގައިގައި ހިލައިންތަޅާ މެރުމަށް ގަސްތު ކުރިއެވެ. ޕައުލް އަށާއި ބަރުނައްބާސްއަށް މި ކަންތައް އެނގުމާއެކު އެ ރަށުން ފިލައިގެން ދިޔައެވެ. އެމީހުން ދަތުރުކޮށް ދިޔައީ ލިކައޯނިޔާ ސަރަހައްދުގެ ދެ ރަށް ކަމަށް ވާ ލިސްތުރާ އާއި ދެރުބޭ އަށާ އެ ދެ ރަށުގެ ވަށައިގެންވާ ސަރަހައްދުގެ ހިސާބުތަކަށެވެ. އަދި އެތަންތަނުގައި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތަކާ އެކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރު މީސްތަކުންނަށް އަންގައިދިނެވެ.
ލިސްތުރާ އާއި ދެރުބޭގައި
ޕައުލް އާއި ބަރުނައްބާސް ލިސްތުރާގައި ވަނިކޮށް އެ ރަށުގައި ވީ ވާބަލި ޖެހިފައިވީ ފިރިހެނަކާއި ދިމާވިއެވެ. މިމީހާއަކީ ވިހޭއިރު ވެސް ވާބަލި ޖެހިފައިވީ މީހެކެވެ. އެހެން ކަމުން އޭނާ އަށް ދުވަހަކު ވެސް ނިހިނގެއެވެ. ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ. 10 ދެން ޕައުލް އޭނާއަށް ގޮވާލާފަ ބާރަށް ބުންޏެވެ. ”ކޮޅަށް ތެދުވޭ.“ ހަމައެވަގުތު އެމީހާ ފުންމައިގެން ތެދުވެ ހިނގަންފެށިއެވެ. 11 އެތަނަށް އެއްވެފައިވީ މީސްތަކުންނަށް ޕައުލް މި ކުރި ކަންތައް ދެކެ ލިކައޯނިޔާ ބަހުން ހަޅޭއްލަވަން ފެށިއެވެ. ”އަހަރެމެންގެ ކަލާނގެތައް އިންސާނުންގެ ގޮތުގައި އަހަރެމެންގެ ގާތަށް އަތުވެއްޖެ.“ 12 ދެން އެމީހުން ނިންމީ ބަރުނައްބާސް އަކީ އެމީހުންގެ ކަލާނގެއެއް ކަމުގައިވާ ޒެއުސް ކަމުގައެވެ. އަދި ކޮންމެ އެއްވުމެއްގައި ވެސް އާދަވެގެން ވާހަކަދައްކަނީ ޕައުލް ކަމުން އެމީހުން ގަސްތު ކުރީ ޕައުލް އެއީ އެމީހުންގެ ކަލާނގެ ހެރުމެސް ކަމުގައެވެ.
13 އެ ރަށުގެ ބޭރުގައިވާ ޒެއުސް ކަލާނގެ ފައްޅީގެ ކަހީނު ގެރިއާއި މަލުގެ ހާރުތަކާއި ހިފައިގެން ޕައުލް އާއި ބަރުނައްބާސްގެ ގާތަށް އައެވެ. އެއީ އެ ކަހީނާއި އަދި މީސްތަކުން ވެސް ބޭނުން ވީ އީސާގެފާނުގެ މި ދެ މަންދޫބުންގެ މައްޗަށް މި ޤުރުބާންތައް ކުރުމަށެވެ. 14 ބަރުނައްބާސް އާއި ޕައުލް އަށް އެމީހުން މި ކުރަން އުޅޭ ކަންތައްތައް އެނގިއެކަމާ ހާސްވެ ވީ ދެރައިން އެމީހުންގެ ގައިގައިވާ އަންނައުނުތައް އިރާލާ ދުވަމުން ގޮސް އެއްވެފައިވީ މީސްތަކުންގެ މެދަށް ވަދެ ބުންޏެވެ. 15 ”އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ އުފާވެރި ޚަބަރު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ. 16 ވޭތުވެ ދިޔަ ތަނުގައި މާތްރަސްކަލާނގެ އެ ޤައުމެއްގެ ބަޔަކު ދާނެ މަގަކުން ދިއުމަށް ދޫކޮށްލެއްވި. 17 ނަމަވެސް މީސްތަކުންނަށް އެކަލާނގެ ދެއްވާ ހެޔޮފުޅުމަކާއި ރަޙުމަތުން އެކަލާނގެ ވޮޑިގެންވާކަން އަބަދު ވެސް މީސްތަކުންނަށް އެކަލާނގެ ހާމަކޮށްދެއްވާ. އެކަލާނގެ އުޑުން ވާރޭ ފޮނުއްވާ. ކަނޑައެޅޭ ވަކި މޫސުންތަކުގައި ބަރާބަރު ވަގުތަށް ގޮވާން ދެއްވާ. މީސްތަކުން ކެއުމަށް ބޭނުންވާނެ ތަކެތި އެކަލާނގެ ދެއްވާ. އަދި އެކަލާނގެ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ދެއްވާ.“ 18 މިހުރިހާ ވާހަކައެއް އެމީހުންނާ ދައްކާ ވެސް އެމީހުން ޕައުލް އާއި ބަރުނައްބާސްގެ މައްޗަށް ކުރަން އުޅުނު ޤުރުބާންތައް ކުރުން ހުއްޓުވުނީ ހަމަކިރިޔާއެވެ.
19 ޕިސީދިޔާގެ އަންތީޔޮކު އާއި އިކޯނިޔުމް އިން ބަނީއިސްރާއީލުގެ ބައެއް ވެރިން އެ ރަށަށް އައެވެ. އަދި އެމީހުން މީސްތަކުން ޕައުލް އާއި ދެކޮޅަށް އެނބުރުވިއެވެ. ދެން ބަޔަކު ޕައުލްގެ ގަޔަށް ހިލައުކާ އަދި އޭނާ މަރުވީ ކަމަށް ހީކޮށް ދަމާ ގެންގޮސް އޭނާގެ ހަށިގަނޑު އެ ރަށުން ބޭރަށް އެއްލާލިއެވެ. 20 ނަމަވެސް އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން އޭނާގެ ކައިރިއަށް އެއްވުމުން ޕައުލް ތެދުވެގެން އެނބުރި ރަށުތެރެއަށް ދިޔައެވެ. އަދި އަނެއްދުވަހު ޕައުލް އާއި ބަރުނައްބާސް އެ ރަށުން ފުރައިގެން ދެރުބޭއަށް ދިޔައެވެ.
އެނބުރި ސޫރިޔާގެ އަންތީޔޮކު އަށް
21 އެ ރަށުގައި އެމީހުން މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރު މީސްތަކުންނަށް ކިޔާދިނެވެ. އަދި އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން އަނެއްކާ ޕައުލް އާއި ބަރުނައްބާސް އެނބުރި ލިސްތުރާ އަށާއި އިކޯނިޔުމް އަށާ އަދި ޕިސީދިޔާގެ އަންތީޔޮކުއަށް ދިޔައެވެ. 22 އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަންމަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.“ 23 ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް އީސާގެފާނަށް އީމާންވާމީހުންގެ ޖަމާޢަތް: މިބަސް ބޭނުން ކުރެވެނީ ދެމާނައެއްގައެވެ. އެއްމާނައަކީ އީސާގެފާނަށް އީމާންވާ އެއްރަށެއްގައިވާ ނުވަތަ އެއްތަނެއްގައިވާ ބަޔަކަށް މުހާތަބުކޮށެވެ. އަނެއް މާނައަކީ ދުނިޔޭގައިވާ އެންމެހާ އީސާގެފާނަށް އީމާންވާ މީސްތަކުއްނެވެ. ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް ދުޢާކުރުން: ދުޢާކުރުމަކީ މާތްރަސްކަލާނގެ މަތިވެރިކަމުގެ މައްޗަށް ހަމްދުސަނާ ކިޔުމާއި އަދި އެކަލާނގެ ދެއްވާ ރަހުމަތްފުޅުތަކަށް ޝުކުރުއަދާކުރުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާފަދައިން ކަންތައްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ބޭނުންތަކާއި ހިތުގެ އުންމީދުތަކަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ފާފަތަކަށް މަޢާފުދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. އަދި އެހެން މީހުން ތިމާއަށް ކުރާ ދެރަ ނުބައިކަންތަކަށް ވެސް މަޢާފުކުރުމުގެ ބާރުދެއްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ ފާފައިން ދުރުވެގެން އުޅުމުގެ ބާރު ދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަކަށް ވަކި ޚާއްސަތަނެއް، ޚާއްސަ ވަގުތެއް، ޚާއްސަ ދުވަހެއް އަދި ޚާއްސަ ބަހެއް ވެސް ނުވެއެވެ. އެކަލާނގެއީ އިންސާނުންގެ ހިތުގެ އެންމެ ފުން ޙިޔާލުތައް ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ. 24 ދެން ޕިސީދިޔާގެ ސަރަހައްދުގެ ރަށްރަށު ތެރޭން ދަތުރުކޮށް ގޮސް އެމީހުން ޕަންފީލިޔާއަށް ދިޔައެވެ. 25 ދެން އަނެއްކާ ވެސް އެމީހުން ޕެރުގާގައި ދިންނެވުމުގެ އުފާވެރި ޚަބަރު މީސްތަކުންނަށް ދިނެވެ. ދެން އެތަނުން އެމީހުން ދިޔައީ އައްތާލިޔާއަށެވެ.
26 ދެން އެ ރަށުން އޮޑިއެއްގައި ދަތުރުކޮށް އެމީހުން ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ. މި ރަށަކީ އެމީހުން އެ މަސައްކަތެއް ކޮށް ނިންމާފައި އެއާ މަސައްކަތް އެމީހުންނާއި ހަވާލުކޮށް މާތްރަސްކަލާނގެ އެހީފުޅުގެ ދަށުން އެމީހުން އެ މަސައްކަތުގެ ދަތުރަށް ފެށި ރަށެވެ. 27 ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ. 28 ދެން ޕައުލް އާއި ބަރުނައްބާސް އެތައް ދުވަހެއްވަންދެން އަންތީޔޮކުގައި އީސާގެފާނު ގަބޫލުކޮށް އީމާންވެގެންވީ ޖަމާޢަތުގެ މީހުންގެ ގާތުގައި މަޑު ކުރިއެވެ.

14‏:23 އީސާގެފާނަށް އީމާންވާމީހުންގެ ޖަމާޢަތް: މިބަސް ބޭނުން ކުރެވެނީ ދެމާނައެއްގައެވެ. އެއްމާނައަކީ އީސާގެފާނަށް އީމާންވާ އެއްރަށެއްގައިވާ ނުވަތަ އެއްތަނެއްގައިވާ ބަޔަކަށް މުހާތަބުކޮށެވެ. އަނެއް މާނައަކީ ދުނިޔޭގައިވާ އެންމެހާ އީސާގެފާނަށް އީމާންވާ މީސްތަކުއްނެވެ.

14‏:23 ދުޢާކުރުން: ދުޢާކުރުމަކީ މާތްރަސްކަލާނގެ މަތިވެރިކަމުގެ މައްޗަށް ހަމްދުސަނާ ކިޔުމާއި އަދި އެކަލާނގެ ދެއްވާ ރަހުމަތްފުޅުތަކަށް ޝުކުރުއަދާކުރުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާފަދައިން ކަންތައްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ބޭނުންތަކާއި ހިތުގެ އުންމީދުތަކަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ފާފަތަކަށް މަޢާފުދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. އަދި އެހެން މީހުން ތިމާއަށް ކުރާ ދެރަ ނުބައިކަންތަކަށް ވެސް މަޢާފުކުރުމުގެ ބާރުދެއްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ ފާފައިން ދުރުވެގެން އުޅުމުގެ ބާރު ދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަކަށް ވަކި ޚާއްސަތަނެއް، ޚާއްސަ ވަގުތެއް، ޚާއްސަ ދުވަހެއް އަދި ޚާއްސަ ބަހެއް ވެސް ނުވެއެވެ. އެކަލާނގެއީ އިންސާނުންގެ ހިތުގެ އެންމެ ފުން ޙިޔާލުތައް ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.