6
ޚާއްސަ ހަތް މީހަކު ހޮވުން
އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ. އެހެންކަމުން އީސާގެފާނުގެ މަންދޫބުން އެންމެން އެއްތަންކޮށް ޖަލްސާއެއްބާވާ އެމީހުންނަށް ބުންޏެވެ.
”އަހަރެމެން މަންދޫބުން އީސާގެފާނުގެ ބަސްފުޅުތައް މީހުންނަށް އަންގައިދިނުމަށް ކުރަމުން މި ދާ މަސައްކަތް ހުއްޓާލާފަ އައިސް ކާއެއްޗެހި ބެހުމަށް ތިބުމަކީ އަހަރެމެން ކޮށްގެންވާނެ ކަމެއް ނޫން. އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން. އޭރުން އަހަރެމެންނަށް ދުޢާކުރުމުގައާއި ދުޢާކުރުން: ދުޢާކުރުމަކީ މާތްރަސްކަލާނގެ މަތިވެރިކަމުގެ މައްޗަށް ހަމްދުސަނާ ކިޔުމާއި އަދި އެކަލާނގެ ދެއްވާ ރަހުމަތްފުޅުތަކަށް ޝުކުރުއަދާކުރުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާފަދައިން ކަންތައްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ބޭނުންތަކާއި ހިތުގެ އުންމީދުތަކަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ފާފަތަކަށް މަޢާފުދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. އަދި އެހެން މީހުން ތިމާއަށް ކުރާ ދެރަ ނުބައިކަންތަކަށް ވެސް މަޢާފުކުރުމުގެ ބާރުދެއްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ ފާފައިން ދުރުވެގެން އުޅުމުގެ ބާރު ދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަކަށް ވަކި ޚާއްސަތަނެއް، ޚާއްސަ ވަގުތެއް، ޚާއްސަ ދުވަހެއް އަދި ޚާއްސަ ބަހެއް ވެސް ނުވެއެވެ. އެކަލާނގެއީ އިންސާނުންގެ ހިތުގެ އެންމެ ފުން ޙިޔާލުތައް ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމުގައި ކުރިއަށް ދެވޭނެ.“
އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ އާ ބަނީއިސްރާއީލު މީހުން: މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި އަދި އެކިތަފާތު ދީންތަކުގެ މީހުންގެ ތެރެއިން މަތިވެރި މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ މޫސާގެފާނު މެދުވެރިކޮށް އެކަލާނގެ ދެއްވި ދިހަ އަމުރުފުޅަށް ކިޔަމަންވެ އުޅޭ މީހުންނެވެ. މި މީހުންގެ ތެރެއިން ހުރިހާ ފިރިހެނުން އާ ބަނީއިސްރާއީލު މީހުންނަށް ވުމަށްޓަކާ ވަނީ ޙިތާނުވެސް ކުރެވިފައެވެ.. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ. މި ހަތް މީހުން އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެނެވުނެވެ. އަދި އެ މަންދޫބުން އެމީހުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްޖެއްސިއެވެ. އެއީ މިމީހުންނަކީ މި މަސައްކަތް ކުރުމަށް ހޮވިކަނޑައެޅިފައިވާ މީހުން ކަން އެންގުމަށެވެ.
މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
އިސްތިފާނު ހައްޔަރުކުރުން
މާތްރަސްކަލާނގެ އިސްތިފާނުއަށް ރަޙުމަތްލައްވާ ބަނީއިސްރާއީލު މީސްތަކުންގެ މެދުގައި އެތައް ހައިރާން ކުރުވަނިވި ކަންތަކަކާއި މުޢުޖިޒާތްތައް ވެސް ދެއްކުމުގެ ބާރު އޭނާއަށް ދެއްވިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން މިނިވަން ފިރިހެނުން: މިއީ ގުރީކު މީހުން އުޅުނު ތަންނަނުގައި ވީ ބަޔެކެވެ. އެމީހުންނަކީ އަޅުންގެ ގޮތުގައި ވަނިކޮށް މިނިވަން ކުރެވިފައިވީ މީހުންނެވެ.“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އާސިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ. 10 ނަމަވެސް މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅު މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ. މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ.
11 އެހެންކަމުން އެމީހުން ބަޔަކު ލައްވާ ދޮގު ވާހަކައެއް ފެތުރިއެވެ. މިމީހުން ބުންޏެވެ. ”އިސްތިފާނު މާތްރަސްކަލާނގެ އާއި އަދި މޫސާގެފާނާއި ދެކޮޅަށް އެއްޗިހި ކީ އަޑު ތިމަންނަމެން އެހީން.“ 12 މިއަޑުއަހާ މީސްތަކުންނާއި ބަނީއިސްރާއީލުގެ ބޮޑުންނާއި އަދި ދީނުގެ ދަންނަބޭކަލުން ރުޅިއައެވެ. އަދި މިމީހުން އިސްތިފާނު ހައްޔަރުކޮށް ބަނީއިސްރާއީލުންގެ ދީނީ ކޯޓަށް ގެނައެވެ. 13 އެމީހުން އިސްތިފާނު އާއި މެދު ދޮގު ހެކި ދިނުމަށް އެތަނަށް ބަޔަކު ގެނައެވެ. އެ ދޮގު ހެކިން ބުންޏެވެ. ”މީނާ އަބަދު ވެސް ބައިތުލް މަޤްދިސާއި އަދި މޫސާގެފާނު މެދުވެރިކޮށް ފޮނުވުނު ޤާނޫނާއި ގަވާއިދުތަކާއި ދެކޮޅަށް ވާހަކަދައްކާ ހަދާ. 14 އިސްތިފާނު ބުނާ އަޑު އަޅުގަނޑުމެން އެހީން. ’ނާޒަރަތުގެ އީސާ މި ބައިތުލް މަޤްދިސް ނެތިކޮށްލާނެއޭ އަދި މޫސާގެފާނުގެ މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ. ފަރާތުން ލިބިފައިވާ އާދަކާދަތައް ވެސް އެ އީސާ ނައްތާލާނެއޭ.‘ “ 15 އެ ކޯޓުގައި ވީ އެންމެން ވަރަށް ފަރުވާތެރިވެ އިސްތިފާނު އާއި ދިމާލަށް ބަލަން ތިއްބެވެ. އެވަގުތު އެމީހުންނަށް އިސްތިފާނުގެ މޫނު މަލާއިކަތެއްގެ މޫނު ފަދައިން ވިދާ ބަބުޅާ ތަން ފެނުނެވެ.

6‏:4 ދުޢާކުރުން: ދުޢާކުރުމަކީ މާތްރަސްކަލާނގެ މަތިވެރިކަމުގެ މައްޗަށް ހަމްދުސަނާ ކިޔުމާއި އަދި އެކަލާނގެ ދެއްވާ ރަހުމަތްފުޅުތަކަށް ޝުކުރުއަދާކުރުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާފަދައިން ކަންތައްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ބޭނުންތަކާއި ހިތުގެ އުންމީދުތަކަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ އެމީހެއްގެ ފާފަތަކަށް މަޢާފުދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. އަދި އެހެން މީހުން ތިމާއަށް ކުރާ ދެރަ ނުބައިކަންތަކަށް ވެސް މަޢާފުކުރުމުގެ ބާރުދެއްވުމަށް އެކަލާނގެ ކިބަފުޅުން އެދުމެވެ. ދުޢާކުރުމަކީ ފާފައިން ދުރުވެގެން އުޅުމުގެ ބާރު ދެއްވުމަށް މާތްރަސްކަލާނގެ ކިބަފުޅުން އެދުމެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރުމަކަށް ވަކި ޚާއްސަތަނެއް، ޚާއްސަ ވަގުތެއް، ޚާއްސަ ދުވަހެއް އަދި ޚާއްސަ ބަހެއް ވެސް ނުވެއެވެ. އެކަލާނގެއީ އިންސާނުންގެ ހިތުގެ އެންމެ ފުން ޙިޔާލުތައް ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ.

6‏:5 އާ ބަނީއިސްރާއީލު މީހުން: މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި އަދި އެކިތަފާތު ދީންތަކުގެ މީހުންގެ ތެރެއިން މަތިވެރި މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ މޫސާގެފާނު މެދުވެރިކޮށް އެކަލާނގެ ދެއްވި ދިހަ އަމުރުފުޅަށް ކިޔަމަންވެ އުޅޭ މީހުންނެވެ. މި މީހުންގެ ތެރެއިން ހުރިހާ ފިރިހެނުން އާ ބަނީއިސްރާއީލު މީހުންނަށް ވުމަށްޓަކާ ވަނީ ޙިތާނުވެސް ކުރެވިފައެވެ.

6‏:9 މިނިވަން ފިރިހެނުން: މިއީ ގުރީކު މީހުން އުޅުނު ތަންނަނުގައި ވީ ބަޔެކެވެ. އެމީހުންނަކީ އަޅުންގެ ގޮތުގައި ވަނިކޮށް މިނިވަން ކުރެވިފައިވީ މީހުންނެވެ.

6‏:10 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.

6‏:14 މޫސާގެފާނު: މޫސާގެފާނަކީ މާތްރަސްކަލާނގެ އައްޔަނު ކުރެއްވި ބަނީއިސްރާއީލުންގެ މުހިންމު ވެރިޔާއެވެ. އެކަލޭފާނަށް މާތްރަސްކަލާނގެ އެންގެވީ މިޞްރުގައި އަޅުވެތިވެފައިވީ ބަނީއިސްރާއީލުގެ އެންމެ ހައި މީސްތަކުން އެ އަޅުވެތިކަމުން ސަލާމަތްކޮށް މިޞްރުން ބޭރަށްގެންދިޔުމަށެވެ. މޫސާގެފާނަކީ މާތްރަސްކަލާނގެ އެންގެވި ޤަވާއިދާއި ގާނޫނުތައް މީސްތަކުންނަށް އަންގަވައިދެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. މާތްރަސްކަލާނގެ އެންގެވި އެންމެ ޚާއްސަ ދިހަ އަމުރުފުޅު އެކަލާނގެ މީސްތަކުންނަށް އެންގެވީ މޫސާގެފާނު މެދުވެރި ކުރައްވައެވެ.