*2:1 މި ޢީދަށް ގުރީކު ބަހުން ކިޔެނީ ޕެންތޭކޯސްތުސް އެވެ. މި ބަހުގެ މާނައަކީ ފަންސާސްވަނައެވެ. އެއީ މި ޢީދު ފާހަގަ ކުރެވެނީ ފަހަނަޅައި ދިއުމުގެ ޢީދު ފަހު ފަންސާސް ވަނައަށް ވާ ދުވަހުއެވެ. އެއަހަރު ޕެންތޭކޯސްތުސް ޢީދު އައީ އީސާގެފާނު އުޑަށް އުފުއްލެވުނުތާ ދިހަވަނައަށް ވީ ދުވަހުއެވެ.
❖2:4 މާތްރޫޙުފުޅު: މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ ރޫޙުފުޅެވެ. މިރޫޙުފުޅަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ޤަބޫލުކުރާ މީހުންނަށް މާތްރަސްކަލާނގެ ދެއްވާ ހަދިޔާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ އެބަސްފުޅުތަކަށް ކިޔަމަންވާ މީހުންނަށް މާތްރޫޙުފުގެ އެހީތެރިކަން ލިބޭނެއެވެ. އަދި އީސާގެފާނު މެދުވެރިކޮށް ދެއްވި ދިންނަވާނޭ މަގުން އުޅުމަށް ވެސް މާތްރޫޙުފުޅު މީސްތަކުންނަށް އެހީތެރިވެދެއްވާނެއެވެ. މާތްރޫޙުފުޅުގެ ސަބަބުން އެރޫޙުފުޅު އެމީހަކާއި އެކުގައިވާ މީހަކަށް ފާފައިން ދުރުވެގެން އުޅުމަށް ބާރުލިބޭނެއެވެ.
❖2:9-11 އާ ބަނީއިސްރާއީލު މީހުން: މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި އަދި އެކިތަފާތު ދީންތަކުގެ މީހުންގެ ތެރެއިން މަތިވެރި މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ މޫސާގެފާނު މެދުވެރިކޮށް އެކަލާނގެ ދެއްވި ދިހަ އަމުރުފުޅަށް ކިޔަމަންވެ އުޅޭ މީހުންނެވެ. މި މީހުންގެ ތެރެއިން ހުރިހާ ފިރިހެނުން އާ ބަނީއިސްރާއީލު މީހުންނަށް ވުމަށްޓަކާ ވަނީ ޙިތާނުވެސް ކުރެވިފައެވެ.
❖2:17 ނަބީ: މާތްރަސްކަލާނގެ ވަޙީ ބަސްފުޅު ހާމަކޮށްދޭ މީހެއް.
❖2:17 ވަޙީ: ވަޙީ އަކީ މާތްރަސްކަލާނގެ މީސްތަކުންނަށް އަންގާދިނުމަށްޓަކާ މީހަކަށް އަންގަވާ ހާމަކުރައްވާ ބަސްފުޅެވެ. މިފަދަ ވަޙީ ބަސްފުޅު އެންގެނީ އެކަލާނގެ އެދިވޮޑިގެންވާގޮތް ހާމަކުރައްވާ އަދި ވެފައިވާ ކަންތަކާއި ވާން ހުރި ކަންތައް މީސްތަކުންނަށް ނުވަތަ މީހަކަށް އަންގާދިނުމަށެވެ. މާތްރަސްކަލާނގެ މިފަދައިން އަންގަވާ ބަސްފުޅުތައް ހާމަކޮށް އެހެންމީހުންނަށް އަންގާދޭ ކޮންމެ މީހަކީވެސް ވަޙީ ހާމަކޮށްދޭ މީހުންނެވެ.
❖2:24 އަލުން ދިރި ދުނިޔެއަށް ވަޑައިގަތުން: މިއީ މަރުވުމަށް ފަހު އަލުން ދިރުމެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރި ދުނިޔެއަށް ވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅު ކުނިވެ ނެތިގެން ނުދާކަން އެނގި ހާމަވެއެވެ. އެއީ މަރަކަށް އެކަލޭގެފާނު މައްޗަކަށް ބާރެއް ނުހިންގޭނެތީއެވެ. އެކަލޭގެފާނީ ހޮދު ދިރިހުރުމެވެ. އެކަލޭގެފާނު ދުވަހަކުވެސް މަރުވެ ނެތިގެނެއް ނުދާނެއެވެ.
❖2:25 ދާއޫދުގެފާނު: ދާއޫދުގެފާނަކީ ބަނީއިސްރާއީލު މީހުންގެ މައްޗަށް ރަސްކަންކުރެއްވި ދެވަނަ ރަސްގެފާނެވެ. އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު އިރުއްސުރެން ވެސް ވަރަށް ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވިއެވެ. އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައިވެސް މާތްރަސްކަލާނގެ އެންގެވިއެވެ. އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކެވެ.
❖2:25 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.
❖2:30 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.
†2:30 ޒަބޫރު 12-11:132
❖2:36 އަލްމަސީޙު: ހިބްރޫ ބަހުން މިލަފްޒުގެ މާނައަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާފައިވާ ނޫނީ ޚާއްސަ ކުރައްވާފައިވާ މީހާއެވެ. ގުރީކު ބަހުން އަލްމަސީޙުއަށް ކިޔެނީ ކުރިސްޓޮސް އެވެ. މާތްރަސްކަލާނގެ ދުނިޔެ ފެށުނީއްސުރެން ރަސޫލު ބޭކަލުން މެދުވެރި ކުރައްވާ އެކަލާނގެ އަލްމަސީޙު ފޮނުއްވާނެ ކަމުގައި މީސްތަކުންނަށް އަންގަވަމުން ގެންދެއްވި އެވެ. އެހެން ކަމުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވީ މީސްތަކުން އަލްމަސީޙު ދުނިޔެއަށް ވަޑައިގަތުމުގެ އިންތިޒާރުގައި ތިއްބެވެ. އަލްމަސީޙު އަކީ އެމީހުންގެ ރަށްތައް ރައްކާތެރި ކޮށްދީ އަދާވާތްތެރިންގެ ކިބައިން ސަލާމަތް ކޮށްދޭނެ ބޭކަލެއް ކަމުގައެވެ. އަދި އެ ބޭކަލަކީ ހަމަ އެކަނި ރަސޫލެއް ނޫން ކަމަށެވެ. އެ ބޭކަލަކު ވާނީ ރަސްކަލަކަށް ކަމަށް ވެސް މެއެވެ. މިއީ ބަނީއިސްރާއީލުންނަށް މާތްކަލާނގެ ކުރައްވާފައިވާ ވައުދުފުޅެއް ވީމައެވެ. ރަސޫލު ބޭކަލުން އަންގަވައިފައި ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ މާތްރަސްކަލާނގެ ރަސްކަންފުޅު ޤާއިމު ކުރެއްވުމަށްޓަކައި ކަމަށެވެ. އެކަލޭގެފާނު މީސްތަކުންގެ ބަލިތަކުން ފަސޭހަކުރައްވާ ފާފަވެރިކަމުން މިންޖުކޮށް ދިންނެވުމަށެވެ. އަދި އަލްމަސީޙުއަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަވާނެ ކަމަށެވެ. ނަމަވެސް ތިން ވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީސްތަކުން އަލްމަސީޙު ޤަބޫލުކޮށް އެކަލޭގެފާނުގެ ނަންފުޅުގަނެ ދުޢާކޮށް އެދުމުން މާތްރަސްކަލާނގެ އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމަށެވެ. ރަސޫލު ބޭކަލުން އަލްމަސީޙުއާއި މެދު ބަޔާން ކުރެއްވި ހުރިހާ ކަމެއް އީސާގެފާނު މިދުނިޔެއަށް ވަޑައިގަތުމުން އެބޭކަލުން އެވިދާޅުވި ފަދައިން ހިނގާ ދިޔަ އެވެ. އެއީ އީސާގެފާނަކީ އެތައް ޒަމާނަކުންސުރެން އެރަސޫލުބޭކަލުން އެބޭކަލަކާއި މެދު އަންގަވަމުން ގެންދެވި އަލްމަސީޙުއެވެ.
❖2:38 ތައުބާގެ ހިނެވުން: މި ހިނެވުމަކީ މީހަކު ފާފައިން ދުރުވެ އެމީހާގެ ފާފަވެރި ނަފުސު މަރުވެ އަލުން އާ ސާފު ތޯހިރު ނަފުސެއް އުފަން ވެއްޖެކަން ރަމްޒުކޮށްދިނުމަށް ހިނައިގަނެވޭ ހިނައިގަތުމެކެވެ. މި ހިނެވުން މީހަކު ހިނެވޭ ގޮތަކީ ފެން އެމީހެއްގެ ބޮލަށް އަޅާ ހަށިގަނޑުން ލައިގެން ފައިބައިގެން ދާ ގޮތަށް ނުވަތަ އެމީހާ ފެން އެއްޗެއްގެ އަޑިއަށް ލާފައި ނެގުމުންނެވެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ އަލްމަސީޙު ވަޑައިގަތުމުގެ ކުރިން މީސްތަކުން ތައުބާވެ އެބައިމީހުންގެ ހިތްތައް ސާފުކުރުމަށް ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އައި މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ އުރުދުން ކޯރުގެ އައްސޭރީގައެވެ. އަދި ހަމައެފަދައިން ތައުބާގެ ހިނެވުމަކީ މީހަކު އީސާގެފާނު ޤަބޫލުކޮށް އެކަލޭގެފާނުގެ ބަސްފުޅުތައް އަހާ އެބަސްފުޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފި ހިނދުމެ ހިނެވޭ ހިނެވުމެކެވެ. ”ޔަޙުޔާގެފާނު“ ބަލާ.