ރާޢޫތު
ތަޢާރަފު
ރާޢޫތު އަކީ މުއާބުއޭ ކިއުނު ރަށުގެ ރަށްވެއްސެކެވެ. އޭނާގެ ކައިވެނި ނުޢުމީގެ ފިރިހެން ދަރިފުޅަކާ ކުރެވުނެވެ. ނުޢުމީ އަކީ އޭނާގެ ފިރިމީހާއާއި ދެފިރިހެން ދަރިންނާއި އެކު ޔަހޫޛާ ކަރައިން މުއާބު އަށް އައި އަންހެނެކެވެ. ނުޢުމީގެ ފިރިމީހާ އާއި ދެފިރިހެންދަރިން ދުނިޔެއިން ވަކިވެ ދިއުމުން ނުޢުމީ ގަސްތު ކުރީ އޭނާގެ އަމިއްލަ ރަށް ކަމުގައިވާ ޔަހޫޛާ ކަރައަށް އެނބުރި ދިއުމަށެވެ. ނަމަވެސް ނުޢުމީ އާއި އޭނާގެ އާއިލާ އަޅުކަން ކުރާ ހަމަ އެކަނި ކަލާނގެ ކަމުގައި ވީ މާތްރަސްކަލާނގެއަށް އީމާންވެ އެކަލާނގެ އަށް ކިޔަމަން ވުމަށް މިހާރު ރާޢޫތު ވެސް ވަނީ ދަސްކޮށްފައެވެ. އަދި ރާޢޫތު އޭނާގެ މައިދައިތަ ނުޢުމީ ދެކެ ވެސް ވަރަށް ބޮޑަށް ލޯބި ވެއެވެ. ރާޢޫތު އާއި ނުޢުމީ ޔަހޫޛާ ކަރައަށް ދިޔަތާ ގިނަ ދުވަހެއް ނުވެ ރާޢޫތު ބޫޢަޒު އާއި ބައްދަލު ވިއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅި އަދި ކައިވެނި ކުރެވުނެވެ. އެދެމީހުންގެ ފިރިހެން ދަރިކަލުންވީ ދާއޫދުގެފާނުގެ ކާފާފުޅު ކަމުގައެވެ. ދާއޫދުގެފާނަކީ އިސްރާއީލުގެ އެންމެ ވަރުގަދަ އެއް ރަސްކަލެއް ކަމުގައި ވިއެވެ.